ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އިއްޔެ ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ފޮނުވާފައިވާކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ.
އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައެވެ. އެމައްސަލަ ބޭރުކޮށްލި އިރު އެކަމާއި މެދުހިތްހަމަ ޖެހިވަޑައިނުގެން ޕީޖީ ޝަމީމް އިއްޔެ ވިދާޅުވީ މައްސަލަ ނިންމާފައި އޮތީ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެއްބަސްވުން ބާތިލު ކުރުމަށް ވެސް އަދި އެއްބަސްވުމާއި ގުޅޭގޮތުން އަދީބު އެއްވެސް ވާހަކައެއް ދައްކާފައި އޮތް ކަމަކަށް ރިކޯޑްތަކުން ނުދައްކާކަމަށް ޝަމީމް ވަނީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބޭސްފަރުވާގެ ކަންކަމަކީ ޕީޖީ އާއި ބެހޭކަމެއް ނޫންކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވެ ޕީޖީ ޝަމީމް ވިދާޅުވީ ހަމަ އެހެން ވިދާޅުވީ ގާޒީ އާއި ކްރިމިނަލް ކޯޓުން ތަކުރާރުކޮށް އެތައްފަހަރަކު ލިޔުމުން ގައިދީންގެ ބޭސްފަރުވާގެ ކަންކަމާއި ގުޅޭގޮތުން ޕީޖި އޮފީހާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދީބުގެ ދައުވާތައް ބާތިލް ކުރި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށަ ހުށައަޅާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު