ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި އުސޫލު ބާތިލްކޮށްފިއެވެ.
އެމްޕްލޮއިމެންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑް-19 ފެތުރޭތީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. މި ނިންމުން ބަދަލުކޮށް ކުރިން އޮތް ގޮތަށް މި ބަދަލުކުރީ މިއަދު ބޯޑަރު ހުޅުވާލުމުންނެވެ.
އިކޮންމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި އުސޫލު މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީއަށް ދިއުމަށް ފަހު އެނބުރި އަލުން ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވަނީ ހަމަޖައްސާފައެވެ.
އެހެންވެ، އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު