ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ސަރުކާރުން ބޭނުންނުވާގޮތަށް އަންނަ ކޮންމެ ހުކުމެއްގައި ފަޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތަކީ ބިރުދައްކައި ނުފޫޒުފޯރުވުމަށް ކުރެވޭ ކަމެއްކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލްކޯޓަށް ބާތިލްކޮށް މިނިވަންކުރި މައްސަލާގައި ނުފޫޒާއި، ރިޝްވަތާއި ކޮރަޕްޝަން ހިމެނޭކަމަށް ބެލެވޭތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ފާޑުވިދާޅުވެ އުޝާމް ވިދާޅުވީ ތިމާމެން ނުރުހޭގޮތަށް ހުކުމްކުރާ ކޮންމެ ފަހަރަކު ހުކުމްކުރާ ފަނޑިޔާރުގެ މައްސަލަ ބަލައި ފަނޑިޔާރު ވަކިކުރުމަކީ ގަބޫލުކުރެވޭކަމެއް ނޫންކަމަށެވެ.

"ސަރުކާރުން ނުވަތަ މަޖިލީހުން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށްބުނެ ބިރުދެއްކުމަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން. ހުކުމަކާމެދު ހިތްހަމަނުޖެހޭނަމަ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އެބައޮތް." އުޝާމް ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެއްޅުވި މިމައްސަލާގައި ބުނެފައި ވަނީ މިމައްސަލާގައި ނުފޫޒާއި، ރިޝްބަތާއި ކޮރަޕްޝަން ހިމެނޭތީ، މައްސަލަ ބޭރުކޮށްލި ފަނޑިޔާރު އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެއްލުވުމަށް ހުށަހެޅުމަށާއި، މިމައްސަލަ ވީހާވެސް އަވަހަކަށް އިސްތުއުފާކުރުމަށް ހުށަހަޅުމަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން އަހުމަދު އަދީބުގެ މައްޗަށް ކޮށްފއިވާ 7 ދައުވާ ކްރިމިނަލް ކޯޓުގެ ފަޑިޔާރު އިސްމާއިލް ރަޝީދު އެކޯޓުން ބޭރުކޮށްލާފައިވަނީ ގާނޫނުތަކާއި އިޖުރާއަތްތަކާއި ޚިލާފަށްކަމަށް ވީހިނދު، މިމައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ދައުލަތާއި، އަހުމަދު އަދީބާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ހަވާލާދީ އެއްބަސްވުމުގައި އަދީބު ބޭސްފަރުވާއަށް ފުރުމުގެ ހުއްދައަށް އެދުމުގެ ވާހަކައަށް އިޝާރާތްކޮށް އެއީ މަޖުބޫރު އެއްބަސްވުމެއްކަމަށް ބަލައިގަނެ އަދީބު އޭގެ މާފަހުން ދިން އިއުތިރާފް ބަޔާންތައް ބާތިލުކަމަށް ފަނޑިޔާރު އިސްމާއިލް ރަޝީދު ކަނޑައަޅާފައިވާކަމަށެވެ.

މިމައްސަލާގައި މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަ ނިންމާފައިވަނީ ފަނޑިޔާރުގެ ގާބިލްކަން ނެތިގެންކަމަށް ނުވާނަމަ މިކަމުގައި އެހެން ނުފޫޒުތަކެއް އޮތުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި މިކަން ބަލައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީވެސް މުހިންމުކަމެއްކަމަށް މަޖިލިސްރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ކިޔާ މީހާ

16-Jul-2020

ހަސަން ލަތީފަށް އެހާ ބޮޑަށް އެގެންނާ އެއީ ލަތީފް ކުރިކަމަކަށްތާ ރިސްވަތު ދިނުން އެއީ



ޓްރެންޑިން