ރޮދިރޯލަކާއި ތިން އެއަރޕޮޑުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ 2020 ޖުލައި 3 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ކަނބާއައިސާ ރަނިހިނގުން، އެސްޓީއޯ ހެޑް އޮފީސްކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ރޮދި ރޯލަކާއި އެމީހާ އެވަގުތު ހުރި ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން އެއަރޕޮޑްކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 06195 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން