ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން، ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނެގުމުގެ މަަސައްކަތް 2020 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކުރުމަށް ހަމަޖެހިފައިވާކަމަށަ ފުލުހުން ބުނެފައި ވެއެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިމިވަނީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހުޅުމާލެ ޕޮލިސް އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އެހެންކަމުން ޤަވާއިދާ ހިލާފަށް ހުުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން