ސޮނެވާފުށި ރިސޯޓް
ސޮނެވާފުށި ރިސޯޓް
ބ.އަތޮޅުގައި އޮންނަ ސޮނެވާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.

ސޮނެވާފުށިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑަށް ޓެސްޓް ކުރުމުން އެންމެ ފުރަތަމަ ޕޮޒިޓިވި ނަމަވެސް އަލުން ސާމްޕަލެއް ނަގައި ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން އޭނާ ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން އެރިސޯޓަށް އަންގާފައިވާ ކަމަށާއި އެހެން ކަމުން އެއީ ފޯލްސް ޕޮޒިޓިވް އެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައި ވަނީ އެ މުވައްޒަފު ޕޮޒިޓިވް ކަމަށް ފުރަތަމަ އެނގުނީ ރިސޯޓުން ރެންޑަމް ސާމްޕަލް ނަގައި ހެދި ޓެސްޓުން ކަމަށެވެ. އޭނާ ޕޮޒިޓިވް ވުމާއެކު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އޭނާ އެކަހެރި ކޮށްފައިވާނެ ކަމަށް ވެސް ރިސޯޓުން ބުނެފައިވެ އެވެ.

ސޮނެވާފުށިން މިއަދު މީހަކު ޕޮޒިޓިވް ވި ކަމަށް ފުރަތަމަ އަންގާފައިވާއިރު މިއަދު ބޯޑަރު ހުޅުވުމާއެކު އައި 104 ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން އެ ރިސޯޓަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ. ސޮނެވާފުށި ރިސޯޓުގެ ބަޔާނުގައި ބުނެފައިވަނީއެ ކުންފުނީގެ ރިސޯޓުތަކަކީ އަބަދުވެސް ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދޭ ރިސޯޓް ތަކެއް ކަމަށެވެ. އަދި ސޮނޭވާފުއްޓަކީ ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖއްސާފައިވާ ހަމައެކަނި ރިސޯޓް ކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން