ޑރ. ޝަހީމު (ކ) ؛ ޝަހީމަކީ އަރަބި ދުނިޔޭގެ ގައއުމުތަކާއި ވަރަށް ގާތްބޭފުޅެއް
ޑރ. ޝަހީމު (ކ) ؛ ޝަހީމަކީ އަރަބި ދުނިޔޭގެ ގައއުމުތަކާއި ވަރަށް ގާތްބޭފުޅެއް
ރާއްޖޭގެ ފަތުރުވެރިކަން އަރަބި ދުނިޔޭގައި އިސްތިހާރުކޮށް ރާއްޖޭގެ ރީތި ވާހަކަތައް ކިޔައިދޭން އުފެއްދި މާލްދީފް ގްރޫޕުގެ ވެބްސައިޓް މިއަދު އިފްތިތާހު ކުރުމާއެކު ދިވެހިރާއްޖޭގެ ވާހަކަތައް އަރަބި ދުނިޔޭ މީޑިޔާ ތަކުގެ ފަލަ ސުރުޚީތަކަށް އަރައިފިއެވެ.

މިއަދު ލޯންްޗް ކުރި މާލްދީފް ޑޮޓް ކޮމް ވެބްސައިޓަކީ ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަން އަރަބި ގައުމުތަކަށް އިސްތިހާރުކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރީތި ވާހަކަތައް ޢަރަބި ބަހުން ޢަރަބި ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށް ދިނުމަށް ފަރުމާކޮށް އިފްތިތާހު ކުރި ވެބްސައިޓެއް ކަމަށް މާލްދީފް ގްރޫޕް ގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ޑރ، ޝަހީމް މިގޮތަށް ވިދާޅުވީ، ‎މިވެބްސައިޓް ލޯންޗްކުރުމަށް މިއަދު މާލްދީފްގެ ފޭސްބުކް ޕޭޖް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވް ހަރަކާތެއްގައެެވެ.

އަރަބިބަހުން ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

އަރަބިބަހުން ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، ‎ތާރީޚީ ގޮތުން ބަލާއިރު ޢަރަބީންނަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުނު ބައެއް ކަމަށާއި، ޢަރަބީން ދަތުރުފަތުރުކޮށް އުޅުނީ ލޯތްބާއި ޞުލްޙަވެރިކަމާއި ޢިލްމާއި ފިކުރު ފަތުރައި އަނެކާއަށް ހެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ޘަޤާފަތާއި ޙަޟާރަތު ބިންމަތީގައި ޤާއިމު ކުރުމަށް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޢަރަބި ބަހަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ. ޤައުމުތަކުގެ ނިސްބަތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ބަސް. ގާތް ގަނޑަކަށް ފައްސަތޭކަ މިލިޔަން މީހުން ޢަރަބި ބަހުން ވާހަކަ ދައްކާ އުޅޭ. ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމަކީ ޢަރަބީން ލޯބިކުރާ ސިފައެއް. އަދި އެއީ ޢަރަބީންގެ އެންމެ ޤަދީމީ ސިފަ." ޑރ. ޝަހީމް ވިދާޅުވިއެވެ

ޑރ ޝަހީމް އިތުރަށް ވިދާޅުވީ، މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުންކަމަށާއި، އަދި ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚާއި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމަށެވެ. އަދި މަސައްކަތްކުރަނީ އަރަބި ގައުމުތަކުގެ މީހުން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

"ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް. މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް. ޢަރަބި ލިޔުންތެރިން ފާހަގަކޮށްފައިވާގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް. އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން." ‎ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަން ފާހަގަ ކުރައްވަމުން ޑރ ޝަހީމް ވިދާޅުވިއެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖޭގެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ވެބްސައިޓްގައި ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މާލްދީފް ގްރޫޕުން މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާތައް ޢަރަބި ބަހުން ލިޔެފައިވާ ލިޔުންތަކަކަށް ވުމުން މިކަން ވެގެންދާނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެޅޭ ބާރަކަށްކަމުގައި ޑރ. ޝަހީމު ވިދާޅުވިއެވެ.







ކިޔުންތެރިންގެ ހިޔާލު


8

މުރާދު

16-Jul-2020

ޝަހީމް ގެ ތިޔަ މަސައްކަތާ އެކު ރާއްޖޭގެ ފަތުރުވެރިކަން އިންތިހާ އަށް ބޫސްޓު ވެގެންދާނެ ޝުކުރިއްޔާ ޝަހީމް ގެ މުޅި ޓީމް


10

ހަސަން

16-Jul-2020

ޝަހީމް އަށް އައްސަރިބަހާއި ސާބަސް ތިޔައީ ގައުމަށް ބޭނުންތެރި ދަރިންނަކީ ވަރަށް ރަނގަޅު މަސައްކަތެއް ތިޔަނިންމެވީ



ޓްރެންޑިން