ކޮވިޑް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖެ އިން މިއަދު އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 19 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 30 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 2831 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 19 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2321 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 482 މީހުންނެވެ.

އައިސޮލޭޝަންގައި 423 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 32 މީހުންނެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން 14 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް ކޭސް އެއް ފެނުމާއި ގުޅިގެން ނ.ކުޑަފަރީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން