ބ. އަތޮޅު ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާއި ރިޒް ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން އެމީހުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުވާލިބޭ ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށާއި މެއި މަހުގެ 23 ގައި ސީލް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާ ކަމަށް އަމުރުގައިވެއެވެ.
އެހެން އަންގާފައި ވަނިކޮށް މެއި މަހުގެ 16 ވަނަ ދުވަހު ރިޒްގެ މުވައްޒަފުން މާރާމާރީ ހިންގައި ބޮޑެތި ގެއްލުންތައް ސީލް ކުންފުންޏަށް ދީފައިވާ ކަމަށާއި އިތުރަށް އެ ފަރާތްތައް ރަށުގައި ބައިތިއްބައިފި ނަމަ ސީލްގެ މުދަލަށާއި، ރަށުގައި ތިބި އެހެން ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ދީފާނެ ކަމަށް ބެލެވިގެން އެ އެންމެން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ރަށުން ބާލަން ސީލް އިން ރިޒް ކުންފުންޏަށް އަންގާފައިވާކަން ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ސީލް އިން ބޭނުވެއްޖެ ނަމަ ރިޒްގެ މުވައްޒަފުން ރަށުން ބާލަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ލާޒިމްކޮށްފައި ވަނިކޮށް، އެ މުވައްޒަފުން ރަށުން ނުބޭލުމުން ނަތީޖާއެއްގެ ގޮތުން މި މަހުގެ ދެ ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގައި ސީލް ކުންފުންޏަށް ވަނީ އިއާދަނުކުރެވޭވަރުގެ ގެއްލުންވެފައި ކަމަށް ވެސް އެ އަމުރުގައިވެ އެވެ. މި ކަންކަމަށް ބާރުލިބޭ ހެއްކާއި ގަރީނާ ހުށަހަޅާފައި އެބަހުރި ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، އާދައިގެ އިޖުރާއަތުގެ ތެރެއިން މި މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ހުކުމެއް ކުރަން ބަލާއިރު، ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ނެރުނު އަމުރުގައި ވަނީ ބޮޑުފިނޮޅަށް ރިޒުން އަރުވާފައި ތިބި އެންމެންނާ ހަވާލުވެ، އެފަރާތްތައް ވަގުތުން ވަގުތަށް ރަށުން ބޭލުމަށެވެ. އަދި ވަގުތީ އަމުރު ރައްދުވާ ރިޒްގެ އެއްވެސް މުދަލެއް ނުވަތަ އެއްޗެއް ރަށުގައިވާ ނަމަ އެތަކެތި ވަގުތުން ބޮޑުފިނުޅުން ބޭލުމަށް އެ ކުންފުންޏަށް އަންގައި، މި އަމުރު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންނަށް ގާނޫނީ ގޮތުން ލިބިގެންވާ އެންމެހައި ބާރުތައް ބޭނުންކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ. އަދި މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލާގައި ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށް ތަހުގީގު ކުރިއަށް ދާތީ ގާނޫނީ ގޮތުން އެ ބިދޭސީންނާ ހަވާލުވެވެން ނެތް ކަމަށް ރިޒްގެ ވަކީލުން ބުނެފައިވެއެވެ.
ރިޒް އިން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. އަދި ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު