އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މީގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދު؛ އައްޑޫސިޓީގައި ޓޫރިޒަމް ތަރައްގީކުރުމަށް ތިން ރަށް ހިއްކުމަށް ވަނީ ނިންމާފައި
އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މީގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދު؛ އައްޑޫސިޓީގައި ޓޫރިޒަމް ތަރައްގީކުރުމަށް ތިން ރަށް ހިއްކުމަށް ވަނީ ނިންމާފައި
އައްޑޫގެ މަގު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ފަހުކޮޅު ފެށޭވަރުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ސަރުކާރުން ހޯދާފައިވާ ކަމަށެވެ. އިންޑިޔާގެ އެގްޒިމް ބޭންކުން ލިބޭ ފައިސާއިން އައްޑޫގައި ގިނަ މަޝްރޫއު ތަކެއް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ޝަރީފް ހާމަކުރެއްވިއެވެ.

" އޭގެ ތެރޭގައި އައްޑޫ ސިޓީ މަގުހެދުން ސްޓޯރމް ވޯޓާރ، ޑްރެއިނޭޖް ސިސްޓަމް ގާއިމްކުރުން ބިން ހިއްކުން ހިމެނޭ. ރިސޯޓް ހެދުމަށް ކުޑަ ތިން ރަށް ހިއްކުމަށް ވެސް ސަރުކާރުން ހަމަޖައްސަވައިފައިވޭ." ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އާބާދީ 33،690 އަށް އަރާއިރު، އެއީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ. މިސަރުކާރު ވެރިކަމަށް އައީ އައްޑޫ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު އެ ސިޓީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަޢުވެގެންނެވެ. ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫގެ ހުރިހާ ގޮނޑިއެއްވެސް އެސިޓީގެ ރައްޔިތުން ދީފައިވަނީ އެމްޑީޕީއަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބުދުއްﷲ ސާދިގް

19-Jul-2020

ޕްލޭނިން މިނިސްޓަރ އެވިދާޅަވެނީ އައްޑޫ ބިންހިއްކައި މަގަހަދާކައް ބަޖެޓެ ފާއިސާއް ނެތާއު.ދެންކިޔަންކާއު ޝަރީފު މިކޭނީ


14

ސައިފު

17-Jul-2020

ޅިޔެފައި ސޮއި ކޮށް ދޭނަން ނުފަށާނެ ކަމަށް!



ޓްރެންޑިން