ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
އެއްވެ އުޅުން ހަނިކޮށް، ވަކި ޚާއްސަ ހުއްދައެއް ނަގައިގެން ވަކި ތަނެއްގައި އެއްވެވޭގޮތަށް ހޯމް މިނިސްޓްރީން ނެރެފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފް އެންގުމެއްކަމަށް ވާތީ އެ އެންގުން ބާތިލްކުރުމަށް ބާކައުންސިލުން ގޮވާލައިފިއެވެ.

ބާކައުންސިލުން ނެރުނު ބަޔާނުގައި، ޢާންމު މަޞްލަޙަތާ ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ކަންތައްތަކާ ގުޅިގެން، ރަޢުޔާއި، މަޢުލޫމާތު ހާމަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަކީ ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހާ ޤާނޫނީ ވަކީލުންގެ ހުވައިގެ ތެރޭގައި ހިމެނިފައިވާކަމެއް ކަމުގައިވާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން 31 އޮގަސްޓު 2016 ގައި ކޮށްފައިވާ އިޢުލާނު ތަކުރާރުކޮށް، 14 ޖުލައި 2020 ވަނަ ދުވަހު ޢާންމުކޮށްފައިވާ އިޢުލާނު ބާޠިލުކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އަދި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބާކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އެ މާއްދާއާއި، އެމާއްދާގެ ދަށުން ނެރެފައިވާ އިޢުލާނަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި ޚިލާފު އެކަށައެޅުންތަކެއް ކަމުގައިވެސް ބާކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ރައްކައުތެރިކޮށް ކުރިއެރުވުމަކީ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް މަތިވެފައިވާ ދުސްތޫރީ ވާޖިބެކެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމަކީ، ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރު) ގެ 20 ވަނަ މާއްދާގެ (1) އާއި ދިވެހި ދައުލަތުން ތަސްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ 21 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުން ޢަމަލުކުރަން އަހުދުވެފައިވާ ކަމެއް." ބާކައުންސިލުގެ ބަޔާނުގައި ވެއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މާލޭ ސިޓީގެ ސަރަޙައްދުގެ ތެރެއިން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަންތަން ނޫން ސަރަޙައްދެއްގައި އެއްވުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަންޖެހޭތީ، އަދި އެ މިނިސްޓްރީއިން 14 ޖުލައި 2020 ވަނަ ދުވަހު ނެރެފައިވާ އަމުރުގެ ދަށުން ކުރިއާލައި ހުއްދަ ނުހޯދައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަޙައްދުގައި ކަމަށް ކަނޑައަޅާފައިވާތީ، އެ ދެ އެކަށައެޅުމަކީވެސް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި ސީދާ ޚިލާފު ނިންމުމެއްކަމަށް ބާކައުންސިލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10

އަލީ ނަސީމް

17-Jul-2020

އަބްދުއްލަތީފޯ, އޭރު އެކަން ކަމު ނުދާތީ ހަޅޭއްލަވަމުން ކަލޭމެން ވެރިކަމަށް އައިމާ އެ ވާހަކަ ހަނދާޏްނެތީ އައްނި ދެކެ ބިރުންތޯ? ޔާމީނޭ ފަޅޮލޭ ކިޔާނެ ކަމެއް ނެތް. ކަލޭމެން ވެރިކަމަށް އައީ ޔާމީނު ކަމުނުދާތީ އެ ގާނޫނު ވެސް ބާޠިލުކުރާން ވައުދުވެގެންކަން ހަނދާން ނެތުނީ އިބޫ ދެކެ ބިރުންތަ?

15

އަބުދުއްލަތީފު

17-Jul-2020

ޔާމީން ސަރުކާރުން އެގޮތައް ވަކިތަނަކައް އެއްވެ ވޭގޮތައް ޤާނޫނު ހަދައިގެން އެއވެސް ތަނަކައް އެއް ނުވެވޭ ގޮތައް ހަދައިގެން އުޅުނު އިރު އެވާކަކަ އެގޮތައް ވިދާޅު ނުވެވުނީ ކީއްވެތޯ ޔާމީން ދެކެ ބިރުންތޯ

6

-1

ޓްރެންޑިން