މާލޭ ސިޓީ ކައުންސިލްގެ އިދާރާ
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓީވް ވެފައިވަނީ، މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓީވް ވުމުން އެސެކްޝަންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގޭގައި އެކަހެރިކޮށް، އެމީހުންގެ ސާމްޕަލް ނަގާފައި ވެއެވެ. ފަހުން ޕޮޒިޓީވްވީ ތިން މުވައްޒަފުން ޕޮޒިޓީވްވީ ގޭގައި އެކަހެރި ކުރިފަހުންނެވެ.

ފަހަކަށް އައިސް ކޯވިޑް-19 އަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޕޮޒިޓީވްވާ ދިވެހިންގެ އަދަދު މިހާރު ގިނަ ކަން ފާހަގަ ކުރެވެއެވެ.

އިއްޔެ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 30 މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. މިހާތަނަށް ރާއްޖެ އިން 2801 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1131 މީހުންނަކީ ދިވެހިންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 40 މީހުންނަށް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 14 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން