ހުޅުމާލެ ރެހެންދި ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދެ ދަރިވަރަކާއި އެސުކޫލްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެސުކޫލުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުންނެވެ. މި ދެ ދަރިވަރުންނާއި، ޓީޗަރުވެސް ޕޮޒިޓިވް ވެފައި ވަނީ ސުކޫލަށް ހާޒިރުވަމުން ދަނިކޮށެވެ.
މީގެ ކުރިން ވަނީ ހުރަވީ ސުކޫލްގެ ޕްރިންސިޕް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސުކޫލްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅު ތަކާ އެކު ނިއުނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފަށައިފައިވަނީ މިމަހުގެ 8 ވީ ބުދަދުވަހުއެވެ. ކޯވިޑް-19 ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލްތައް ހުޅުވައި ކިޔަވައިދެމުންދަނީ ގުރޭޑް 9 އިން މަތީގެ ގުރޭޑް ތަކަށެވެ.
މިހާތަނަށް ރާއްޖެ އިން 2801 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1131 މީހުންނަކީ ދިވެހިންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 40 މީހުންނަށް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 14 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު