ނައިފަރު ދާއިރަގެ މެމްބަރު ޝިޔާމް (ފޮޓޯ:ޕީޕީއެމް)
ނައިފަރު ދާއިރަގެ މެމްބަރު ޝިޔާމް (ފޮޓޯ:ޕީޕީއެމް)
ރާއްޖޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތުން އިންސާފު ނުލިބޭނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ވެފައިވާކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ޕާލިމަންޓް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނިޒާމްތައް މިއަދު އޮތްގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޕީޕީއެމުން ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަދު ތިންބާރު މިވަނީ އެއްވެ ވަކި ބައެއްގެ މުށުތެރޭގައިކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ފަނޑިޔާރުގެތައް ހައިޖެކްކޮށް ސަރުކާރުން ނޭދޭގޮތަށް ކުރާ ކޮންމެ ހުކުމަކީ ބާތިލު ހުކުމަކަށް ހަދާ މަންޒަރު މިއަދު ފެންނަމުދާކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި ސަރުކާރު ނޭދޭގޮތަށް ކުރާ ކޮންމެ ހުކުމަކީ އޭގެ އަދަބު ސީދާ ހުކުމްކުރާ ޤާޒީއަށް އަމާޒުވެ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ ނިޒާމަކަށް ނިޒާމު މިއަދު ބަދަލުވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފަނޑިޔާރުން ގޯސްކޮށް ހުކުމެއްކޮށްފިނަމަ އެކަން ބެލުމަށް ވަކި ޕްރޮސީޖާތަކެއް ޤާނޫނު އަސާސީންމަތިކޮށްފައިވާއިރު، ސިޔާސީ ކޮމިޝަނެއްގޮތަށް އުފެދިފައިވާ ޖޭއެސްސީން އެފަޑިޔާރެއްގެ މައްސަލަ ބަލައި މަޤާމުން ވަކިކޮށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ޝިޔާމު ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު ހިންގަމުންދާ ނިޒާމުގެ ތެރެއިން ޚާއްސަކޮށް ކޯޓުގެ ސިސްޓަމްގެ ތެރެއިން އިންސާފު ލިބިދާނެކަމާއިމެދު ޝައްކު. ކޯޓުން ނިންމާ ނިންމުމެއް ޝަރީއަތެއްގައި ފަނޑިޔާރުން ނިންމާ ނިންމުމެއް މަޖިލީހާއި ޖޭއެސްސީން ބަލަންޖެހޭނަމަ އިންސާފެއް ޤާއިމެއްނުވާނެ. ހިތްނޭދޭ ކޮންމެ ފަނޑިޔާރަކު ވަކިކޮށް ދުވަސް ދުއްވާލާތަން މިފެންނަނީ." ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބުގެ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް އައިނަމަވެސް ފަނޑިޔާރު "ކަތިލަން" ނުޖެހޭނެ ކަމަށެވެ. އަދި އެހުކުމުން ރައީސް ޔަމީންއަކީ މިނިވަނެއްކަން ސާފްވާއިރު ރައީސް ޔާމީން ޖަލުގައި ބަހައްޓާފައިވާ އެއްވެސް ސަބަބެއް ވިސްނި ވަޑައި ނުގަންނަވާކަމުގައިވެސް ނައިފަރުދާއިރާގެ މެންބަރު ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަންކުރުމުގައި ރާއްޖޭގައި އޮތް ސިސްޓަމްގެ ތެރެއިން މަސައްކަތްކޮށް ކާމިޔާބް ނުލިބޭނޭކަން ޔަގީންވެފައިވާއިރު، ކުރެވެން އޮތް ގޮތަކަށް އެކަން ކުރުމަށް ނިންމާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ބުނެފައިވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެކަމަށެވެ. އަދި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިއްބެވި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އަދީބުގެ މައްޗަށް ކުރި 7 ދައުވާ ބާތިލްކޮށް، މިނިވަންކުރުމާއި ގުޅިގެން އެމައްސަލަ ބެއްލެވި ޤާޒީގެ މައްސަލަ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މަޖިލީހަށް ވައްދައިގެން ބަލަން ފަށާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ހުކުމް ކުރަން 1 ގަޑި އިރަށް ވެފައިވަނިކޮށް ޤާޒީ މަޤާމުން ވަކިކޮށް ހިންގެވި އަމަލަކީވެސް ފަޑިޔާރުންނަށާއި ފަޑިޔާރުގެއަށް އޮތް ނުފޫޒު ހާމަވާކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ޝިޔާމު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ދެއްކެވި ހުރިހާ މަންޒަރެއް މިއަދު އެކޮޅުކޮޅުން ޖަހައި، ހުދުމުހުތާރު ވެރިކަމަކާއި ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާކަމަށެވެ. މިކަން ބަދަލުކުރުމަކީ ރައްޔިތުންނަށް ކުރެވޭނެކަމެއްކަމަށާއި، ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ބަދަލުކުރުމަށް ރައްޔިތުން ނިކުންނަން ތައްޔާރުވުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

އިންސާފު

17-Jul-2020

ބަލަ ތިޔަބުނާ ސުޕިރީންކޯޓުގެ ފުރާޅު ނަގާފަ ފަޑިއާރުން ޖަލައްލާ ހެދީމާ އެކަންކަން ހުއްޓުވަން އައި އިންސާފުގެ ދަތުރޭ ކިޔާ މީހުން ޖަހާސަކަރާތް ތާހިރުތަ?


-2

ފަތިމަތު މޫސާ

16-Jul-2020

ބަލަގަ ކޮންސަރުކާރުންތަ ސުޕިރީންކޯޓުގެ ފުރާޅު ނަގާފަ ފަޑިއާރުން ޖަލައްލީ ކުރިހުކުމަކާހެދި



ޓްރެންޑިން