ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓްއަރިޒަމް މިނިސްޓަރާއި ހުޅުމާލެ ބޭރުގައި އޮތް ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ބައެއް މައުލޫމާތުތައް ފުލުހުން މިއަދު އާއްމުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުޤީގާއި ގުޅޭ މައުލޫމާތު މިއަދު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިއަދު މެންދުރު 13:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގެ އިތުރުން ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުޤީގާއި ގުޅޭ މައުލޫމާތުވެސް އާއްމުކުރާނެކަމަށް ފުލުހުން ހާމަކުރެއެވެ.

ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އޭނާ މަގާމުން އިސްތިއުފާދެއްވުމަށް އެންގެވުމުން އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އޭނާ މަޤާމުން ވަކިކުރައްވާފައެވެ. އަދި އެ މައްސަލާގައި އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލާފާސްކޮށް އޭނާގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހުޅުމާލޭ ބޭރުގައި އޮތް ސާފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިމެނޭ މީހުން ދޫކޮށްލުމުން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން