މީގެ 3 އަހަރު ކުރިން މާލޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެދުނު ހުރިހާކަމެއް އެއަށްވުރެ އިތުރު ކަންކަމާއެކު އެމަނިކުފާނުވަނީ ފުރިހަމަކޮށްދެއްވާފައި ކަމަށް އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.
މިހާރު އެމްޑީއޭގެ މެމްބަރެއްގެގޮތުގައި ހުންނެވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުޢައިބު ޢަލީ ވިދާޅުވީ ރައްޔިތުންގެ ޙައްޤުގައި ކޮށްދެއްވަން މާލޭމީހުން އެދުނު ހުރިހާކަމެއް ރައީސް ޞާލިޙުވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދަޢުރުގައި ކޮށްދެއްވާފައިކަމަށެވެ. ރައީސް ޞާލިޙަކީ އޯގާތެރި ރައީސެއްކަމަށް ވިދާޅުވެ ޝުޢައިބުވަނީ އެމަނިކުފާނަށް ތަޢުރީފު ކުރަށްވައި ޝުކުރު އަދާކުރައްވާފައެވެ.
ޝުޢައިބު ވަނީ މާލޭމީހުން ރައީސް ޞާލިޙުގެ އަރިހުގައި ދެންނެވި ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އޭގެތެރެއިން އެއްކަމަކީ ގުޅީފަޅުން ގޯތި ދެއްވުމެވެ. އެކަން ރައީސް ވަނީ ކޮށްދެއްވާފައިކަމަށް ޝުޢައިބު ވިދާޅުވިއެވެ. ދެވަނަ ކަމަކީ އުތުރު ތިލަފަޅުން މާލޭ މީހުންނަށް ގޯތި ދެއްވުމެވެ. އެކަންވެސް އެވަނީ ކުރައްވަން ނިންމަވާފައިކަން ޝުޢައިބު ފާހަގަކުރެއްވިއެވެ. އަދި މާލޭ ދަފްތަރު މީހުންނަށް މާލެ ސަރަޙައްދުން ގޯތި ދެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައިކަމަށާ، އެހެންކަމުން ރައީސް ޞާލިޙުގެ އަރިހުގައި މާލޭ މީހުން އެދުނު އަދި ހުށަހެޅި ޕްލޭން ތަކަށްވުރެ މާ ފުރިހަމަޔަށް މާ އަވަސްކޮށް، މާލޭ ސަރަޙަދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވެހި ކަމަށް ޙައްލު އެ ހޯއްދަވާ ދެއްވީ އެދުނު މިންވަރަށް ވުރެ އިތުރަށްކަމަށް ޝުޢައިބު ވިދާޅުވިއެވެ.
އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅު މުޅި އުމުރަށް ސިފައިންގެ މަރުކަޒެއް ހަދަން ދީފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެކަން އެގޮތަށް ކޮށްފައި ނެތްކަން މާލޭ މީހުންނަށް މީގެ 3 އަހަރު ކުރިން ވެސް އިނގޭކަމަށާ، މުޅިން ނޭނގި އޮތީ އެކަމުގެ އެގްރީމަންޓުގައި އޮތްއެއްޗެއް ކަމަށް ޝުޢައިބު ވިދާޅުވިއެވެ. މާލެސަރަޙައްދަކީ ރާއްޖޭގެ އެންމެންގެ ސަރަޙައްދެއްކަން މާލޭމީހުންވެސް އަބަދުވެސް ޤަބޫލުކުރާކަމަށް ޝުޢައިބު ވިދާޅުވެފައިވެއެވެ.

މާލޭމީހުން ރައީސް އިބޫ އަރިހު ދެންނެވީ:
— Shuaib Ali (Furahani) (@ShuaibMaldives) September 23, 2023
1- ގުޅީފަޅުން ގޯތި ދެއްވުމަށް
2- އުތުރު ތިލަ ފަޅުން ގޯތި ދެއްވުމަށް (80 އަހަރުގެ ޕޭލޭން އެއް ހުށަހެޅިން)
3- ދަފްތަރު މީހުންނަށް މާލެ ސަޙަދުން ގޯތި ދެއްވުމަށް (އުސޫލު ހުށަހެޅިން)
4- ރައީސް އިބޫ އަރިހުގައި އަޅުގަނޑުމެން މާލޭ މީހުން އެދުނު…
އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅު މުޅި އުމުރަށް ސިފައިންގެ މަރުކަޒެއް ހަދަން ދީފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެކަން އެގޮތަށް ކޮށްފައި ނެތްކަން މާލޭ މީހުންނަށް މީގެ 3 އަހަރު ކުރިން ވެސް އިނގޭކަމަށާ، މުޅިން ނޭނގި އޮތީ އެކަމުގެ އެގްރީމަންޓުގައި އޮތްއެއްޗެއް ކަމަށް ޝުޢައިބު ވިދާޅުވިއެވެ. މާލެސަރަޙައްދަކީ ރާއްޖޭގެ އެންމެންގެ ސަރަޙައްދެއްކަން މާލޭމީހުންވެސް އަބަދުވެސް ޤަބޫލުކުރާކަމަށް ޝުޢައިބު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު