ރައީސް ސޯލިހް ރައީސް މައުމޫނާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ރައީސް މައުމޫނާއި ބައްދަލުކުރައްވަނީ
އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ކުރީ ސަރުކާރުން ފާސްކޮށްފައިވާ ޤާނޫނު އުވާލާފައި ނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ރޭ ބޭއްވި ކަމަށާއި، އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ހަދާފައިވާ ޤާނޫނު އުވާލުމަށް މަޖިލިހަށް ހުށަހަޅާފައިވާތާ އަހަރަކާއި ގާތްވެފައިވާ ކަން އެކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލައާ އަޅާ ނުލައި ދޫކޮށްލާފައިވަނީ ކީއްވެގެންތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ.

އެ ޤާނޫނު އުވާލުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެއް ކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެ ޤާނޫނު ފާސްކުރުމުން އޭރު އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނަވައި ރައީސް ސޯލިހް ވަނީ އެ ޤާނޫނަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މި ހަފުތާގައި ހޯމް މިނިސްޓްރީން ވަނީ އެ ޤާނޫނުގައި ވާގޮތަށް ކުރިން ހުއްދަ ހޯދައިގެން މެނުވީ މުޒާހަރާ ނުކުރެވޭނެކަން އާންމުކޮށް އަންގާ އިއުލާނެއް ވެސް ކޮށްފައެވެ. އެއްވެ އުޅުން ހަނިކުރުމަށް ހޯމް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއިމެދު ބައިނަލްއަޤްވާމީ ފަރާތްތަކުން ފާޑުކިޔައި ސަރުކާރު ހޫނުފެނަށް ވެއްޓުމުން، އެފިޔަވަޅު ތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ "ވަގުތީ" ފިޔަވަޅުތަކެއް ކަމަށް ބުނެ އިނގިރޭސި ބަހުން ސަރުކާރުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބަންޑޭރި

17-Jul-2020

ރަގަޅު ގޮތް އެގި ސާފްވެ އެވާހަކަ ބަޔާންކުރަން ހާދަ ދިގު މުއްދަތެއް؟ 3ޑެކޭޑް ފާއިތުވެ ދިޔައީ ޚިޔާލު ފާޅުކުރުމާއި،އެއްވެއުޅުން އެއީ ދީނާއިޚިލާފް،ޤާނޫނާއި ޚިލާފް ކަމެއްގެ ގޮތުގައި ވަކާލާތުކޮށް ހަރުކަށިފިޔަވަޅު އެޅުމުގައި.



ޓްރެންޑިން