ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޓީއަށް ހާޒިރުކޮށް ހިންގި ތަހުގީގުގައި ދެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މެދުގައި ވަރުގަދަ ޒުވާބެއް ހިނގައިފިއެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓް މާކެޓް ރޭޓަށްވުރެ ބޮޑުކޮށް ފިނިޝިން ނުނިންމައި ހަވާލުކުރަން ކަނޑައެޅީ، މި ސަރުކާރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ މިހާރުގެ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދޮގު ކުރައްވައި ހޫނުޒުވާބެއް މިއަދު ވަނީ ހިނގާފައެވެ. ތަހުގީގު ކުރާ މަރުހަލާއެކޭ އެއްގޮތަށް މަޖިލިސް ކޮމިޓީއެއްގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ފުލުހުން މައްސަލަ ބަލާ އުސޫލުން ކޮމިޓީގައި މެމްބަރުން ގެންދެވެނީ ދެވަޒީރުންނާއި ސުވާލު ކުރައްވަމުންނެވެ.

ބޮޑެތި މައްސަލަތަކުގައި ބަޔާން ނަގައި ޝަރީއަތްކުރާ މަޖިލިސްތަކުގައިވެސް ކަންކަން ކުރާ އުސޫލުން ކުރިއަށްދިޔަ މިބައްދަލުވުމުގައި މުއިއްޒު މިއަދު ވެސް ވިދާޅުވި ގޮތުގައި ދެ ކޮޓަރީގެ އެ ފްލެޓްތައް 5،600ރ. އަށް ދޫކުރެވޭނެ އެވެ. އޭގެ އިތުރުން ކުރީގެ ސަރުކާރުން ނަގަން ނިންމީ މެއިޓެނެންސްގެ ފީގެ ގޮތުގައި 1،000ރ. ކަން ފާހަގަކުރެއްވި އެވެ. އެކަމަކު އަސްލަމް ވިދާޅުވީ، މަޝްރޫއުގެ އަގުތައް އެ އޮތީ އެޗްޑީސީން އާއްމުކޮށްފައި ކަމަށާއި އެ ހިސާބު ހެދުމަކީ ރޮކެޓް ސައިންސެއް ނޫން ކަމަށެވެ. އަދި މުއިއްޒު ވިދާޅުވަނީ އެ ފްލެޓްތައް ދޫކުރެވޭނެ އަގެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށް، ފްލެޓެއް 52،000 ޑޮލަރަށް އަޅަން ކުންފުނިތަކަކުން ހުށަހަޅާފައި ވަނިކޮށް، ޗައިނާ ސްޓޭޓާ ހަވާލުކުރީ އަގުބޮޑުކޮށް ފްލެޓަކަށް 62،000 ޑޮލަރަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭރު ހިޔާގެ މައުލޫމާތު އެއްކުރުމުގައި އޭނާއާއެކު އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި ބޭފުޅާ މި ވަގުތު ހުންނެވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ކަމަށެވެ. އޭރު ރައީސް އޮފީހަށް ފޮނުވީ ހައުސިން މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމް ދެއްވި ހިސާބުތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އާޒިމް ޖެއްސެވި ހިސާބުތަކަށް ބަލާއިރު ޔުނިޓަކަށް 72،000 ޑޮލަރު ޖެހިފައިވާ ކަމަށާއި އެއަށް އިތުރު އިންޓްރެސްޓެއް ލިޔަސް ފްލެޓެއްގެ އަގަކީ 5600 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިކަން އެންމެބޮޑަށް އެގޭނެ އެއްބަޔަކީ އެޗްޑީސީކަމަށްވާއިރު އެޗްޑީސީން ކޮމިޓީއަށް ހާޒިރުވި މެމްބަރުންނާއި މުއިއްޒު ސުވާލުކުރެއްވުމުން އެސުވާލުތަކަށް ޖަވާބު ދެއްވަން އުނދަގޫވެ އެޗްޑީސީން އެދުނީ މިހާރުގެ މިނިސްޓަރު އަސްލަމް މެދުވެރިކޮށް އެ މައުލޫމާތު ހާމަކުރެއްވުމަށެވެ.

އަސްލަމްގެ ވާހަތަކާއި ގުޅިގެން ނިންމާލަމުން މުއިއްޒު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެން އަދާއި ހަމަޔަށްވެސް "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ނޫން އެއްޗެއް ކިޔަން ނޭގޭކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުުދު ފުއްދުމުގެ ބަދަލުގައި މިނޫން ވާހަކައެއް ދައްކާ އަޑެއް ނީވޭކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ބަންޑޭރި

17-Jul-2020

ކުރަންޖެހޭ މަސައްކަތާއި އެ މަސައްކަތުގެއަގާއި އެމަސައްކަތުގެ ކުރެހުމާއި އެސައްކަތް ނިންމަންޖެހޭ މުއްދަތު ސަރުކާރާއި ކޮންޓަކްޓަރާއި ދެމެދު އެއްބަސްވެވި ސޮއިކޮށްފައިވާ އެގްރިމެންޓް އާއި ބީ.އޯ.ކިއު އިން ސާފްވާންޖެހޭނެ. އެގްރީމެންޓާއި ބީ.އޯ.ކިއު އާއްމު ކޮށްލަބަލަ އެކަކު މާގިނަޔޭ އަނެކަކު މާ މަދޭ ކިޔަކިޔާ ނުތިބެ ހާމަކޮށްލަބަލަ.



ޓްރެންޑިން