ރައްޖޭގައި ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 15 ވަނަ މީހާއެވެ. 42 އަހަރުގެ މި ފިރިހެން މިހާ ނިޔާވީ ދަރުމަންވަން ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު 12:25 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ބުނެފައި ވެއެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 15 މީހުންގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްގެ ރައްޔިތެކެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 2762އަށް އަރާފައެވެ. ނަމަވެސް މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 444 މީހުންނެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2290 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު