ފުލުހުުން މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ދެއްވަނީ
ފުލުހުުން މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ދެއްވަނީ
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސާފާރީއެއްގައި އަންހެނަކު ''ރޭޕްކުރި'' މައްސަލަ ތަހުޤީޤު ކުރަމުންދާ ކަަމަށާއި މިހާތަނަށް 11 މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ އަންހެން މީހާ އާއި ފުރަތަމަ ސުވާލުކުރުމުން ފޯނު ގެއްލިގެން އުޅޭކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދިން ކަމަށެވެ. ނަމަވެސް ފަހުން، އަންހެން މީހާއަށް ޖިންސީ ގޯނާކުރުމަށް ބަޔަކު މަސައްކަތްކުރިކަމަށާއި، އެހެންވެ ސަފާރިން ފުންމާލި ކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދިންކަމަށް އަޒްމާ ވިދާޅުވި އެވެ. އަޒްމާ ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލުމުން ސަފާރިން ދެ މީހަކު ޑިންގީއެއްގައި އައިސް، އޭނާ ނެގިކަމަށް މައުލޫމާދިން ކަމަށެވެ. އަދި ފުލުހުންނަށް އެވަގުތު ލިބުނު މައުލޫމާތުގެ މައްޗަށް، ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް އަޒްމާ ވިދާޅުވި އެވެ.

އަޒްމާ ވިދާޅުވީ ސަފާރީ އަޅާފައިވާ އޮތް ސަރަހައްދުގައި ޑައިވްކޮށްގެން ފުލުހުން ވިކްޓިމްގެ ފޯނު ހޯދާފައިވާ ކަމަށެވެ. އަދި މައްސަލާގައި 11 ފަރާތަކާއި ސުވާލުކޮށްފައިވާކަމަށް އަޒްމާ ވިދާޅުވި އެވެ.

ކެންޔާގެ އަންހެން މީހާއާ ގުޅިގެން މެންދުރު އޮންލައިންގައި ހިއްސާކޮށްފައިވާ ރިޕޯޓަކީ ހަޤީޤަތާއި ހިލާފު މައުލޫމާތު ހިމަނައިގެން އަންހެން މީހާގެ ހުއްދަ ނުހޯދާ ލިޔެފައިވާ ރިޕޯޓެއް ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށް އަޒްމާ ވިދާޅުވި އެވެ. އަދި އެކަމާއި ގުޅިގެން މައްސަލަ ތަހުޤީޤު ކުރަމުންދާއިރު މިހާތަނަށް ހޯދި ހޯދުމުން އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ނޫންކަން އެނގިފައިވާ ކަމަށްވެސް އަޒްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކެންޔާގެ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމުގައި ލަސްތަކެއްވިކަމަށް ބުނެ އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާވެސް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ލަސްތަކެއް ނުވާނެކަމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިފައިވަނީ ރޭޕް ކޭސްއެއްގެ ގޮތަށް ނޫން ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ފުރަތަމަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައިކަމަށް ބަޝީރު ވިދާޅުވި އެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު ފަހެއް ޖެހިއިރުއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ދެ މީހުން ދޫކޮށްލީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އެއީ އެވަގުތު ހުންނެވި އިސްވެރިޔާއަށް ލިބިފައިވާ އިލްމާ ތަޖުރިބާގެ އަލީގައި ނިންމި މިނިވަން ނިންމުމެއްކަމަށް ބަޝީރު ވަނީ ވިދާޅުވެފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން