އަލީ ވަހީދު
އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައިި 15 މީހެއްގެ ބަޔާން ނަގައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، އަލީ ވަހިދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މައްސަލައާ ގުޅޭ ބައެއް ހެކި ހޯދުމުގެ ގޮތުން ބައެއް ތަންތަން ބަލާ ފާސް ކުރެވިފައިވާކަން، އަދި މި މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިފައިވޭ." އަޒްމާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، ތަހުގީގުގައި އަލީ ވަހީދާއި ސުވާލު ކޮށްފައިނުވާ ކަމަށާއި، ސުވާލު ނުކުރަނީ ތަހުގީގުގައި ސުވާލު ކުރަަންޖެހޭ ހިސާބަށް ނުދާތީ ކަމަށެވެ.

އަދި ތަހުގީގު މަރުހަލާގައި ޕްރޮސެކިއުޓާރ ޖެނެރަލާވެސް މަޝްވަރާ ކުރެވެމުންދާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން އޭނާގެ ފޯނާއި ލެޕްޓޮޕްވެސް ވަނީ ހިފަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން