ރާއްޖެ އެތެރެކުރި ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ބުނީ އަތުލައިގަނެވިފައި ވަނީ އެއަރކާގޯ ޝިޕްމެންޓެއް މެދުވެރިކޮށް ދުބާއީން ރާއްޖެއަށް ގެނައި 4.030 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

އެގޮތުން، މިމަހުގެ 18 ވަނަ ދުވަހު ބަލާ ފާސްކުރި ޝިޕްމެންޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކޭޖް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް އެތަކެތި ޕޮޒިޓިވްވެފައިވާ ކަމުގައި އެ މުއައްސަސާއިން ބުނެފައި ވެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ސައުވީސްހާސް ހަތަރުސަތޭކަ ދިހަ ރުފިޔާއަށް އަރާކަމަށާއި، މިތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމުގައި ކަސްޓަމްސްއިން މައުލޫމާތުދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން