ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޓީމެއް
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޓީމެއް
މާލެއިން މެދު ރާއްޖެ ތެރޭގެ ރަށަކަށް ދިޔަ ކޮވިޑް-19 އަށް ޓެސްޓް ނުކުރާ މީހަކު ބައްޔަށް ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން އެންގުމުން އާއިލާއަށް ކުއްލި ސިހުމެއްލިބިއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެ އެއަންހެންމީހާ ކަރަންޓީނު ކުރުމަށް ނެރުނު އެންގުމުގައި ބުނެފައިވަނީ އޭނާ ކަރަންޓީނު ކުރަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެބައްޔަކީ ހަލުވި ކަމާއެކު ފެތުރެމުންދާބައްޔަކަށްވާތީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް ކަމަށެވެ.

ފ. ޢަތޮޅު ރަށަކަށް ނިސްބަތްވާ އެ އަންހެންމީހާ ޑޮކުޓަރަށް ދެއްކުމަށް މާލެ އައިސް ރަށައްދާން ހުއްދަ އަށް އެދުމުން އެޗްޕީއޭ އިން ދިން ލިޔުމަކީ އެ އަންހެންމީހާ ރަށައް ގޮސް ކަރަންޓީނުގައި އެކަހެރިވުމަށް އަންގާ ދޫކުރި ލިޔުމެކެވެ. މާލެ އަށް އަންނަ މީހުން ރަށަށް ގޮސް 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެއެވެ.

ކަރަންޓީނުވާ މީހުން ދޫކޮށްލަނީ 14 ދުވަސްވުމުން ޓެސްޓް ހަދައި ނެގެޓިވްވުމުންނެވެ. އަންހެންމީހާ ކޮވިޑަށް ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން އެންގުމުން އާއިލާ އިން އެކަމުގެ ކަންބޮޑުވުން ހިއްސާކުރަން އެޗްޕީއޭއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އެ އަންހެންމީހާ ޕޮޒިޓިވް ކަމަށް އެންގުމުން މުޅި އާއިލާ އަށް ވަނީ ޝޮކެއް ލިބިފައެވެ.

އެ އަންހެންމީހާ ހުރިގޭގެ ގިނަ ބަޔަކާއި ކޮންޓެކްޓްވެފައިވާތީ އާއިލާގެ ގިނަ މީހުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އާއިލާ އިން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމަށާއި މި ވެގެން އުޅޭ ގޮތެއް ސާފު ކުރުމަށް އެޗްޕީއޭއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އާއިލާ އަދިވެސް ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އެ އަންހެންމީހާ މާލެ އައިސް ހުރި ގޭގައި މީގެ ކުރިން އެޗްޕީއޭ އަށް "އޮޅިގެން" ނޯޓިސް އެއް ހަރުކޮށް އެގޭ މީހުން ކަރަންޓީނުކޮށްފައި ވެސް ވެއެވެ.

ކޮވިޑާއި ގުޅިގެން އެޗްޕީއޭ އިން މިފަދަ ޒިންމާދާރުކަން ކުޑަކޮށް ކަންތައްތައް ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭ އަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ސާނީ

19-Jul-2020

އެއީ އެޗްޕީއޭގެ ހާލަތު ގެ މި ހުންނަނީ ކަރަންޓީންއަށް ލާފައި, ޕޮސިޓް ފަރާތް ދޫކޮށްލުމުން ގެއަށް އަންނައިރުވެސް ގޭގައި ހަހުކުރާ ނޯޓިސް ނައްޓަން އަންނަނީކީ ނޫން!


-13

ޢަފީ

18-Jul-2020

ކީއްކުރާނީ ޖޫން 12އިން ފެށިގެން އަދިވެސް ކަރަންޓީންގަ


-1

ހީހީހަލާކު

18-Jul-2020

ކީއްކުރާނީ ގައުމުގެ ހާލަތު


-6

ތުނިޔަ

18-Jul-2020

ތިޔައީ އޮޅިގެން ކަމަށްވާނީ ހިދުުކޮޅު އައީމަވާނީ އެހެންދޯ


3

ތުނިޔަ

18-Jul-2020

ތިޔައީ އޮޅިގެން ކަމަށްވާނީ ހިދުުކޮޅު އައީމަވާނީ އެހެންދޯ


6

ތުނިޔަ

18-Jul-2020

ތިޔައީ އޮޅިގެން ކަމަށްވާނީ ހިދުުކޮޅު އައީމަވާނީ އެހެންދޯ


10

ތުނިޔަ

18-Jul-2020

ތިޔައީ އޮޅިގެން ކަމަށްވާނީ ހިދުުކޮޅު އައީމަވާނީ އެހެންދޯ


-1

މުނާޒު

17-Jul-2020

މިސަރުކާރަކީ އޮޅޭސަރުކާރަކަށް ވެފަ 24 ގަޑިއިރު ހަމާގަ ނުތިބޭނެ ކަން ރަށްޔިތުމީހާ އަށް އެނގެން ޖެހޭނެ!


6

އަންމަޑޭ

17-Jul-2020

އޮޅެނީ އޮޅެނީ .... ހަމަ އޮޅެނީ


19

ޙަނީ

17-Jul-2020

މާލޭނސިޓީ އިތުރު މީހަކު ޕޮސިޓިވް ވެއްޖެ. މޭޔަރު އަންގަނީ ރައީސް އޮފީހުން ދެއްވާފައިވާ ގަޑީގެ އިތުރަށް މުވައްޒަފުން ނުކުންނަން ޖެހޭނެ ކަަމަށް. ކޮވިޑު ޖެހުނީ ފައިސާ އިން ކަމަށްވަނީ.... އަދި ވެސް އޮންލައިންކޮށް ފައިސާ ބަލައިގަންނަ ގޮތަށް ހަމަނުޖައްސާ



ޓްރެންޑިން