ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 68 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 2899 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 47 ދިވެހިންނާއި، ނުވަ ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ މީހެއްގެ އިތުރުން ފިލިޕިންސްއަށް ނިސްބަތްވާ ތިން މީހަކާއި ސްރީލަންކާގެ ހަަތަރު މީހަކު ވެސް މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 2899 އަށް އަރާފައިވާއިރު މިއަދު ބަލިން 18 މީހަކު ރަނގަޅުވެ، ރާއްޖެއިން 2339 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ރާއްޖެއިން 42 އަހަރުގެ ދިވެއްސަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް މިވަނީ 15 އަށް އަރާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު