ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީގައި ހިނގި "ޖިންސީ ގޯނާ" ގެ ކޭސްގައި އަންހެންމީހާއަށް ޖިންނިއެއް ގޯނާ ކުރީތޯ ވިދާޅުވެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ސުވާލު އުފައްދަވައިފިއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީ އެއްގައި ހިނގީ ރޭޕް ކޭސްއެެއް ނޫން ކަމަށާއި، އެއީ ޖިންސީ ގޯނާގެ މައްސަލަ އެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ވެސް ފުލުހުން ވަނީ ހުޅުމާލޭ ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ، އެއީ ޖިންސީ ގޯނާގެ މައްސަލަ އެއް ކަމަށް ދައްކަން ގިނަ ވާހަކަ ތަކެއް ދައްކާފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި، ތަހުގީގު ކުރިއަށް ގެންދަނީ އެ މަގުން ވިސްނައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވިކްޓިމް ބުނެދީފައި އޮންނަނީ، އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ފުރަތަމަ ހިންގާފައި ދެވަނަ ފަހަރު ވެސް އޭނާއާ ދިމާލަށް އެފަދަ އަމަލެއް ހިންގަން ބަޔަކު އަންނާތީ ތިމަންނަ އޭގެން ސަލާމަތްވުމަށް ފުންމާލީއޭ. އަޅުގަނޑުމެން ބޭނުން ކުރާ ބަހަކީ ޖިންސީ ގޯނާ އެ ތަނުގައި. އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބަލަމުން ގެންދާނަން،" މަންނާނު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ގިނަ ސުވާލު ތަކެއް އުފައްދަވާފައެވެ. އެގޮތުން އަންހެންމީހާ އަށް ޖިންސީ ފުރައްސާރަ އަށް ވުރެ ބޮޑުވަރުވި ނަމަވެސް "ރޭޕަކަށް" ނުވާ ކަމަށާއި، ޖިންސީ ގޯނާ އަކަށް ވުރެ ބޮޑު އަނިޔާ އަންހެންމީހާއަށް ލިބުނު ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރި ނަމަވެސް އެއީ ރޭޕަކަށް ނުވާ ކަމަށް ކުރީގެ ސީޕީ ހުސައިން ވަހީދު ވިދާޅުވިއެވެ.
"އަންހެންމީހާ މޫދަށް ފުންމާލީ ބޮޑުކަމެއް ވެގެން ރޭޕެއް ނޫން، ކޮންކަމެއްބާ މިވީ. ޖިންނި އެއް ގޯނާ ކުރީތަ؟" ޗެނަލް 13 ގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސާފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާކުރި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަަމަށާއި މިހާތަނަށް 11 މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ފުލުހުން ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެންމީހާގެ ފޯނުވެސް މޫދުން ހޯދާފައެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސަފާރީ ކޭސް އާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރުކުރި ދެމީހުން ދޫކޮށްލުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު