ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ހޯދުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއްވެސް ނެތް ކަމަށާއި ކޯލިޝަނުން އޭނާއަށް ރިޔާސީ ޓިކެޓް ދިން ނަމަވެސް ގަބޫލު ނުކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަމިއްލަ ޓީވީ ޗެނަލެއްގައި ރޭގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ހޯދުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެވެސް ނެތް ކަމަށާއި ކޯލިޝަނުން އޭނާއަށް ޓިކެޓް ދިން ނަމަވެސް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުނިކުންނާނަން. (ރިޔާސީ ކެންޑިޑޭޓެއްގެ ޓިކެޓް ދިނަސް) ދެކޮޅު ހަދާނަން. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއްވެސް ނެތޭ، ޝައުގުވެރިކަމެއްވެސް ނެތޭ، އަދި ނުވެސް ނުކުންނާނަމޭ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އަޅުގަނޑު ނުނިކުންނާނަމޭ." އަދުރޭ ވިދާޅުވިއެވެ.

އަބުދުއްރަހީމް ރޭ ވެސް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އަބުދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އިދިކޮޅު ލީޑާޝިޕުން ރައީސް ޔާމީން މިނިވަން ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އާއި އަދި އަދުރޭވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުން ނުވާކަމަށް ބުނެ ދައްކާ ވާހަކަ ތަކަށް އަދުރޭ ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ކޯލިޝަން ބައިބައި ކުރުމަށް ސަރުކާރުން ފަތުރާ ދޮގުު ވާހަކަތަކެއް ކަމަށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން