ކޯވިޑް-19 އިން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމު ކުރި ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދޫއާއި ބ. އޭދަފުށީގައި ގާއިމު ކުރި ފެސިލިޓީ ހުޅުވުމަށް މިރޭ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ދަތުރުފަތުރުކުރުމަށް ދިން ލުއިތަކާއި، ބޭރަށް ނުކުމެ އުޅޭ ވަގުތު އިތުރުކުރުމާއެކު ބައްޔަށް ޕޮޒިޓީވްވާ މީހުން އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށެވެ.
އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންވެސް އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅު ތަކާއެކު ކުރިއަށް ދެވޭނެ ކަން ތަޖުރިބާކާރުން ލަފާ ދެއްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
"ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރުގައި އަޅުގަނޑުމެންނަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކުރިއަށް ދެވޭނެ ކަމަށް ފަންނީ މާހިރުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެން މިހާރު މިހިރަ ގޮތަށް ކުރިއަށް މިގެންދަނީ." ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް ހަދާ ފެސިލިޓީތަކާއި، ކޯވިޑް-19އާ ގުޅިގެން ކުރާ މަސައްކަތްތައް އަތޮޅުތަކަށް ބަހާލުމާއެކު އަމާން އައްސޭރިއަކަށް ދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލި މިވަގުތުގައި މިފަދަ ޚިދުމަތްތަކެއް ފެށިގެންދިއުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމާއި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި އަދިވެސް ޢާއްމުރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. ލުއިތައްދެމުން ދިޔަނަމަވެސް ބަލީގެ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ، ލުއިތަށް ދީފައިވާ ޙާލަތުން ފަހަތަށް ޖެހެން ފަސްނުޖެހޭނެކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ނުރައްކަލަށް އަދި ބަދަލެއް ނާންނަ ކަމަށާއި އެ ބައްޔަށް ފަރުވާއެއް ވެސް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު އެކަމަށް ކަންފަސޭހަ ކުރެވިއްޖެ ނަމަ ކުރިއަށް އޮތީ ނުރައްކާތެރި ދުވަސް ތަކެއް ކަމަށް އަމީން ވިދާޅުވި އެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި އެޅުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު