ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުން އަވަސްކުރުމަށް އެމްއާރުއެމް އިން ގޮވާލައިފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ހިންގަވާ އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވުމާ ކަމަށެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ އެޕާޓީން ގަބޫލުކުރާ އުސޫލުތަކާ ހިލާފު އަދި ގާނޫނު އަސާސީއާއި ތައާރުޒުވާ އިސްލާހެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރާ ކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމްއިން ބުނީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް އޭރުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް މުރާޖާކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް އިސްލާހީ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް އެއްބަސްވެފައިވާ ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ އެންމެން ތާއީދު ކޮށްގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނުން ކުރިން ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވި ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ހަނިކޮށްފައިވާ ކަމަށެވެ.
"މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެންދަނީ ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ." އެމްއާރުއެމް އިން ބަޔާނުގައިވެއެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އަވަހަށް އިސްލާހު ކޮށްދެއްވުމަށް އެމްްއާރުއެމުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު