ހޯމް މިނިސްޓަރު އިމްރާން އަމިއްލައަށް ރުގުޔާ ކުރައްވާ ވީޑިއޯ އެެއް ދައުރުވަނީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަމިއްލައަށް ރުޤުޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯ އެއްގައި ކައިރީގައި އިންނަ މީހަކު ބުނެދޭ ގޮތައް މިނިސްޓަރު އިމްރާން އަމިއްލައަށް ރުޤުޔާ ކުރާ މަންޒަރު މި ވިޑިއޯއިން ފެނެއެވެ.
ވީޑިއޯއިން ފެންނަގޮތުގައި ކައިރީގައި އިންނަ މީހަކު މިނިސްޓަރު އިމްރާން އަރިހުން އެދެނީ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ މި އާޔަތް ހަތް ފަހަރު ކިޔުމަށެވެ. އެއީ އަލް ވާގިޢަ ސޫރަތުގެ 52 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައި އޮންނަނީ "އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ" މިއީ އާއްމު ގޮތެއްގައި ޖިންނި ނުވަތަ މީހަކަށް ހަމަލާ ދިނުމަށް ކިޔަވާ އާޔަތެއް ކަމަށް ރުގުޔާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އަދި އެއްޗެއް ކާންދީގެން ސިޙުރު ހަދާފައިވާނަމަ ސިޙުރު ބާތިލް ކުރުމަށް ކިޔަވާ އާޔަތްތަކުގެ ތެރޭގައި ވެސް މިއާޔަތް ހިމެނޭ ކަމަށްވެއެވެ.
ނަމަވެސް މިނިސްޓަރު އިމްރާން މިއާޔަތް ކިޔަވައި ވިދާޅުވީ ސީދާ ކޮން މައްސަލައެއް ދިމާވެގެން ކޮން އިރަކު ކަމެއް ނޭގެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އަންހެނަކު ވާހަކަ ދައްކާ އޯޑިއޯއެއްވެސް ދާދިފަހުން ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން ވަޒީރު އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އަންހެނަކު ދެއްކި ވާހަކަތަކުގެ ސައްހަ ކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު