ޤައމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ޤައމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ބިދޭސީންގެ މައްސަލަތަކާއި ގުޅޭގޮތުން ތިން ވުޒާރާއެއްގެ ވެރިން، ފުލުހުން އަދި ކައުންޓަރ ޓެރަރިޒަމްގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިއްމައިފިއެވެ.

އިއްޔެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރިޔާސަތުގައި އިންނަވައިގެން ބޭއްވި ބައްދަލުވުމުގައި ބިދޭސީންނާއި ގުޅުން ހުރި ކަންކަމާއި މެދު މަޝްވަރާކުރުމަށް ކަމާއި ބެހޭ ފަރާތްތައް އަންގާރަ ދުވަހު މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ނިއްމާފައެވެ.

އެ ކޮމިޓީގައި ނިންމާފައި ވަނީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް އެ ފަރާތްތައް ކޮމެޓީއަށް ހާޒިރުކުރުމަށެވެ. އެގޮތުންޑިފެންސް މިނިސްޓްރީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، ފޮރިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ކައުންޓަރ ޓެރަރިޒަމް އަދި ފުލުހުން ކޮމެޓީ އަށް ހާޒިރު ކުރަން ވަނީ ނިއްމާފައެވެ.

މި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރު ކުރަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ގިނަ އަަދަދެއްގެ ބިދޭސީންނަށް އެތައް ދުވަހެއް ވަންދެން މުސާރަ ނުދީވާ މައްސަލަ ފެންމަތިވެ، ބިދޭސީން މުޒާހަރާކޮށް އިހުތިޖާޖުކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ އިން މިކަމާއި ގުޅިގެން ކަންކަން ހިނގާ ގޮތް ސާފު ކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ޑިފެންސް މިނިސްޓްރީ އެ ކޮމިޓީ އަށް ހާޒިރު ކުރަނީ ބިދޭސީންނާއި ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ މައްސަލަ ހިމެނޭތީ އެ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

"ހިއުމަން ޓްރެފިކިންގެ އެލެމެންޓް ވެސް މީގައި ހުންނަ ކަމަށް މިތާގައި ވާހަކަދެކެވޭތީ ޑިފެންސް، ހޯމް އެފެއަރޒަކީ ޓެރަރިޒަމް ހަރަކާތްތަކާއި މިކަހަލަ ހަރަކާތްތައް މަނާ ކުރުމާ ފުލުހުންނާއި ބެހޭ މިނިސްޓްރީ، ފުލުހުންވެސް ގެނެވިދާނެ، ދެން ކައުންޓަރ ޓެރަރިޒަމް ޑިފެންސުން އައީމަ ވަޑައިގަންނަވާނެތާ. ފޮރިން މިނިސްޓްރީއަކީ ދެން ބޭރު މީހުން ކަމަށް ވާތީ." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީން މުޒާހަރާ ކުރަމުން ދަނީ ދުރާލައި ރާވައިގެން ކަމަށާއި އެ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވޭ ނަމަ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފުލުހުން ވަނީ  ބުނެފައެވެ. ބިދޭސީންގެ މައްސަލައިގައި ރައީސް ސޯލިހް ވެސް ދާދިފަހުން ފަހުން ވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން