ރާއްޖެ އަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންނަށް ނުރައްކާވާގޮތަށް ގާނޫނުން މަގުފަހި ކުރަނީ ރައްޔިތުންނާއި ގައުމު ދެކެ ލޯބިވާތީ ނޫން ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ރައީސް މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހަށާއި ހޯމް މިނިސްޓްރީއަށް ފާޑުވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ކަމަށް ބެލެވެއެވެ. ހަމަ މިމައްސަލައިގައި ރާއްޖޭގެ ބާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގައި ބޮޑު ބަލިމަޑު ކަމެއް ފެތުރިފައިވާ މި ދަނޑިވަޅުގައި އެކަމަށް ސަމާލު ކަން ނުދީ ރައްޔިތުންނަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަށް ގާނޫނުން މަގު ފަހި ކުރުމަކީ ރައްޔިތުންނާއި ގައުމު ދެކެ ލޯބިވާތީ ކުރާ ކަމެއް ނޫން ކަމަށެވެ.
"ހާލަތާއި ސަބަބުތަކަށް ވިސްނާފައި ކަންކަން ރެގިއުލޭޓް ކުރުމަކީ ވެރިކަމުގެ ޒިންމާ." ދީދީ ވިދާޅުވިއެެވެ.
ދީދީ މިކަން ފާހަގަ ކުރައްވާފައި މިވަނީ މާލޭގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދޭން ފެށުމާއެކު މާލޭގައި ތަފާތު އެއްވުންތައް ބާއްވައި މުޒާހަރާ ކުރަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެކަން އެގޮތަށް ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖެއްސުމުން އެމިނިސްޓްރީގެ މިނިންމުމާއިވެސް ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދަނިކޮށެވެ. މި ފަހަކަށް އައިސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނީ ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތަކާއި ހަފްލާތަކުގެ ސަބަބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު