މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރު
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރު
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައިވަނީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން އަނބުރާ ކޮމިޓީއަށް ފޮނުއްވަމުންނެވެ. ރައީސް ނަޝީދު ހުށަހަޅުއްވާ އިސްލާހާއެކު، އެ ބިލާ މެދު އަލުން ކޮމިޓީން ވިސްނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު ބުނާގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަނި ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ރައީސް ނަޝީދު ހުށައެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް އެމާއްދާއަށް ބަދަލު ގެނައުމަށެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވެފައިވަނީ ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގަން ފަށާފާނެ ކަމަށެވެ. ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެހެން ބައެއް މެމްބަރުން ވިދާޅުވީ ތަންތަން ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދޭން ޖެހެނީ ރާއްޖެއަށް އިގްތިސާދީ ފައިދާތަކެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމުން ދިގު މުއްދަތަށް ތަނެއް ކުއްޔަށް ހިފުމުން ވިސާ ދޭންޖެހޭނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެހެން ގައުމުތަކުގައި އެގޮތަށް ވިސާ ދެނީ އަގު ބޮޑެތި ތަންތަން ކުއްޔަށް ހިފާ ނަމަ ކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިހާރު ވެސް އިމިގްރޭޝަންގެ ގާނޫނު އޮންނަ ގޮތުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށާއި ކައިވެނިކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ. އެކަންކަމުގެ އުސޫލުތައް ކަނޑައެޅުން ދޫކޮށްލަން ޖެހޭނީ ސަރުކާރުގެ އަތްމައްޗަށް ކަމަށް ވެސް އެ މެމްބަރުން  ވަނީ ވިދާޅުވެފައެވެ. މެމްބަރުންގެ ޚިޔާލުތަކަށް ފަހު ކޮމިޓީން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީއަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ނިއްމާފައެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް މީގެ ކުރިން ވަނީ ފޮނުވާފައެވެ. އެކަމަކު ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ބިލަށް އިސްލާހު ތަކެއް ގެނައުމަށް އެބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. ނަޝީދު ވަނީ އެ މަނިކުފާނު ހުށަހަޅުއްވާ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ވިސްނެވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަންސާރު

18-Jul-2020

އަންނި ގެ ވިސްނުން ތިޔަހުރީ ހަމަ ސީދާ މިރާއްޖޭގެ އާބާދީ މަސްހުނި ކޮށް ތަގައްޔަރު ކުރުމާ ދިމާއަށް މަޖިލިސް އަށް މެމްބަރުން ހޮވީ އެއްވެސް ހާލެއްގަ އަންނި ބޭނުނުން ވާހާ ކަންކަން ކުރަން ޖާގަ ދޭކަށް ނުން ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނުން ތިޔައީ ކޮށްގެންވެސް ނުވާނެ ކުރެވިގެން ވެސް ނުވާނެ ކޮށްފިނަމަ މަޖިލިސް ދޮށަށް މުޅި ރައްޔަތުން ނިކުމެ އަންނި ހައްޔަރު ވެސް ކުރަންވާނެ


1

މުރާދު

18-Jul-2020

ނާޝީދު އުލެނީ މީ ރާއްޖެ އާކީ އީންޑިޔާ ގެ އާވަށް ގާނޑަކަށް ހަދަން އޭނުން ދޭން ކޮންކަމެއް


8

ގައުމު

18-Jul-2020

ނިކަން ކޮށްބަަލަ.. އަހަރެމެން އަށް ބަލާބޮޑުކުރަން ދޯ ރނ އުޅެނީ.. މުޒާހަރާވެސް ކުރާނަން. 2023 ގައި ވޯޓެއްވެސް ނުދޭނަން.


0

މޫން 1972

18-Jul-2020

ދިވެހިންގެ މި މާތް ބިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށްދާތަން ބަލަން ނިތިބޭނެ! އަހަރެމެންގެ ގައުމުގަ ކެނެރީގޭ މުނާފިގު މިއުޅެނީ އަޑިނޭންގޭ ކަންތައް ގަނޑެއް ހިންގަން. އެއްވެސް މީހަކު, އެއްވެސް މެމްބަރެއް މިކަމަށް އާނބަސް ބުނެގެން ނުވާނެ.


6

މުނާޒު

18-Jul-2020

ރަށްޔިތުން ވަރަށްވިސްނާ ތިބޭތި ދިވެހިންގެ ބިން ދިވެހިން އަތްދަށުން ބީވެގެންދާ އިސްލާހެއްމީ. މި ހަމަހިމޭން ދިވެހިރާއްޖެ އަށްބޭރުގެ ލާދީނީ މީހުން ގެނައުމުގެ މަކަރުވެރި ރޭވުމެއްމީ. މިކަމުން އެބަޖެހޭ ސަލާމަތްވާން.


4

ހަސަނު

18-Jul-2020

ނަމަ ނަމަ ތިކަން ވިޔަދީގެން ނުވާނެ ތި އުޅެނީ މީ އިންޑިއާ ގެ އަވަށްގަނޑަކަށް ހަދަން ތިކަން ތިގޮތަށް ކޮއްފިއްޔާ މަޖިލިސް ދޮށަށް ރައްޔަތުން އެއްވާން ޖެހޭނެ ބޭނުންހާ ގޮތެއް ހެދިޔަދީގެން ނުވާނެ



ޓްރެންޑިން