ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށައެޅި އިސްލާހަކީ އަވައްޓެރި ގައުމެއްގެ ނުބައި ރޭވުމެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރައްޔިތުންގެ އެންމެ އަސާސީ ހައްޤުތައްވެސް ކަށަވަރުކޮށް ނުދީ އަވަށްޓެރި ޤައުމެއްގެ ނުބައި ރޭވުންތެރިކަމެއްގެ ތެރެއިން ޤާނޫނު އަސާސީއާއި ހިލާފަށް ބޭރުގެ ފަރާތްތަކަށް ދާއިމީ ރަށްވެހިކަން ދިނުމީ މި ސައްތައިންސައްތަ މުސްލިމް މި ޤައުމަށް އޮތް ނުހަނު ބޮޑު ނުރައްކާތެރި އަދި ބިރުވެރިކަމެއް ކަމަށެވެ.

"ލޮބުވެތި ރައްޔިތުންނޭ ހޭލާ." އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހަށް ރައްޔިތުން ސަމާލުވުމަށް ގޮވާލައްވަމުން ޝިޔާމް ވިދާޅުވިއެވެ.

އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި 10 އަހަރަށް ރާއްޖެއިން ގެ އެއް ކުއްޔަށް ހިފާ މީހަކަށް ރެޒިޑެންސް ޕާމިޓު ދިނުމަށް ވަނީ ހުށައަޅުއްވާފައެވެ. އެމްޑީޕީގެ މެމްބަރުން އެ އިސްލާހާއި ދެކޮޅު ހަދާފައިވާއިރު ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު ގިނަ ރައްޔިތުން ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

الف

19-Jul-2020

ހަލާކުހުރި އެއީ ނުރައްކާތެރި ނުބައި ރޭވުމެއް އެ އުޅެނީ މިގައުމު ގަޑުބަޑުކޮށް މިނިވަންކަން ނަގާލާ އިސްލާމްދީން ފުހެލަން



ޓްރެންޑިން