މާޝާ މިދުހަތު   18 ޖުލައި 2020 - 13:46
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށާއި ހުރިހާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މިހާރުކުރަމުން އަންނަ ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހަދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މޫސުމް ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. މިގޮތުން ހއ އަތޮޅުން ދ އަތޮޅަށް އަދި ލ އަތޮޅުން އައްޑީސިޓީއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން