ސިއްހީ މާހިރުންނާއި އައިލާގެ ބަސްނޭހި ދަރިފުޅުގެ ސަބަބުން މުޅިއާއިލާ ކޮވިޑަށް ފައްސިވެ 42 އަހަރުގެ ބައްޕަ މަރާއި ހަނގުރާމަ ކުރަން ޖެހިއްޖެއެވެ.
އެމެރިކާގެ ފުލޮރިޑާގެ 5 މެމްބަރުން ހިމެނޭ މި އާއިލާ ނުރައްކާތެރި ކޯވިޑް-19ގެ ޝިކާރަޔަކަށްވީ އެއާއިލާގެ ދޮށީދަރިފުޅު، އުމުރުން 21 އަހަރުގެ ޒުވާނާ، ޒުވާންކަމުގެ ޖޯޝުގައި ލޯބިވާ ބައްޕައާއި ދޮންމަންމަ ގެބަސް ގަބޫލު ނުކޮށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި ރައްޓެހިންނާއެކު ކެފޭތަކާއި ރެސްޓޯރަންޓް ތަކަށް ގޮސް ކޮފީބޮއެ މަޖަލުގައި އުޅުމުގެ ސަބަބުން އޭނާ އަށް ކޮވިޑު ޖެހިގެންކަމަށް އާއިލާ އިން ބުނެފައިވެއެވެ.
އެޒުވާނާގެ ދޮންމަންމަ މިޝޭލްޒިމެޓު ވަރަށް އަސާރާ އެކުބުނީ އޭނާގެފިރިމީހާ ޖޯން އަކީ ހަކުރުބަލި ހުންނަ މީހަކަށް ވެސް ވުމާއެކު ބަލި ޖެހިއްޖެނަމަ ބައްޕަގެ ފުރާނަ އަށް ނުރައްކާވާނެ ކަމަށް ތަކުރާރުކޮށް ދަރިފުޅަށް ވިސްނައިދެމުން ދިޔަކަމަށާއި އެހެންނަމަވެސް އަބަދުވެސް މަންމަ އާއި ބައްޕަ ކަންބޮޑު ނުވުމަށް ދަރިފުޅު ބުނަމުން ދިޔަ ކަމަށެވެ. މިއާއިލާގައި ފުރަމަ ބަލީގެ އަލާމާތް ފެންނަން ފެށީ ބޭރަށް ނުކުންނަ ޒުވާނާގެ ފަރާތުންނެވެ.
އޭނާ ކެއްސާން ފެށީމާވެސް ބޯހަރު ކޮށް ގެން އެއީ އާދައިގެ ރޯގާ އެއް ކަމަށް ބުނެ އެކަހެރި ނުވެހުއްޓާ އެއްމެ ފަހުން އެޒުވާނާގެ 14 އަހަރުގެ ފިރިހެން ކޮއްކޮ އާއި 6 އަހަރުގެ އަންހެން ކޮއްކޮ އާއި އެޒުވާނާގެ ބައްޕަ ޖޯން އާއި ދޮންމަންމަ މިޝޭލް ޒީމެޓް ގެ ކިބައިން ބަލީގެ އަސަރު ފެންނާންފެށިއެވެ. މިބަލީގައި އެއާއިލާ ގައި ސީރިޔަސް ހާލަތަށް ގޮސްފައި ވަނީ އެޒުވާނާގެ ބައްޕަ ޖޯން ޕުލޭސް އެވެ.
ވެސްޓްސައިޑް ރީޖަނަލް މެޑިކަލް ސެންޓަރގެ އައިސީޔޫގައި އެޑްމިޓްކޮށް ގެން ޖޯން އަށް ފަރުވާ ދެމުން ދިޔަނަމަވެސް މިހާރު އޭނާ އޮތީ ވެންޓިލޭޓަރުގެ އެހީގައި މަރާއި ހަނގުރާމަ ކޮށްކޮށެވެ. ޖޯން އާއި މިޝޭލް ޒީމަޓްގެ އާއިލާ އަކީ ފްލޮރިޑާގައި ކުޑަ ވިޔަފާރިއެއް ކޮށްގެން ދިރިއުޅެމުންދާ އާއިލާ އަކަށް ވުމުން ޖޯންގެ ބައްޔާ އެކު އެވިޔަފާރި ވެސް ހުއްޓި އާއިލާ ވަނީ ވަރަށް ބޮޑަށް ނިކަމެތިވެ ހާލުގައި ޖެހިފައެވެ.
ވުމާ އެކު އެ އާއިލާ އަށް އެހީވުމުގެ ގޮތުން އާއިލާގެ ހެޔޮއެދޭ ރައްޓެހިން ވަނީ "ގޯފައުންޑްމީ"ގެނަމުގައި ފަންޑެއް ހުޅުވާފައެވެ. މިފަދަ ކޮންމެ ހާދިސާ އަކުންވެސް އެނގި ސާބިތުވެގެން ދަނީ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާއިރު ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމުގެ މުހިއްމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު