"ފެއިލްވެއްޖެ"ގެ ނަމުގައި އިދިކޮޅުން ބޭއްވުމަށް މަސައްކަތްކުރި ޖަލްސާ ބޭއްވުމުގެ ހުއްދައަށްއެދި މިމަހުގެ 6 ވަނަ ދުވަހު ހައުސިން މިނިސްޓްރީގައި އެދުނު ސިޓީގެ ޖަވާބު 10 ދުވަހަސް ފަހުން ދީފިއެވެ.
"ފެއިލްވެއްޖެ"ގެ ނަމުގައި އިދިކޮޅުން ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއަށް ހައުންސިން މިނިސްޓްރީގެ ހުއްދައަށް އެދިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. ސިޓީގެ ޖަވާބު މިނިސްޓްރީން ދީފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. ޖަލްސާ ބޭއްވުމަށް އިދިކޮޅުން މަސައްކަތްކޮށްފައިވަނީ 17 ވަނަ ދުވަހުގެރޭ ކަމަށްވާއިރު، ޖަލްސާ ބޭއްވުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސިޓީގެ ޖަވާބު ދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން އިބްރާހިމް ސުޖާ ވަނީ ސިފަކުރައްވާފައެވެ.
މިސިޓީގައި ބުނެފައިވަނީ އިދިކޮޅުން ކާނިވާ ސްޓޭޖް ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދައަށް އެދިފައި ވީނަމަވެސް، މިހާރު އެސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޫކުރަނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. ތިންފޮޅުވަތުގެ ކުރު މިސިޓީގެ ޖަވާބުގައި އިދާރީގޮތުން ސިޓީފޮނުވަންޖެހޭ ފަރާތެއް ސާފުކުރުމަށް 10 ދުވަސް ނެގުމަކީ މިނިސްޓްރީގެ މަސައްކަތްތަކާއިމެދު އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދާކަމެއް ކަމަށް ސުޖާ ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ ޖަލްސާ ފަސްކުރީ ޖަލްސާ ބާއްވަން އެދި ފޮނުވި ސިޓީއަށް ޖަވާބު ނުލިބުމުންކަމަށެވެ. ޖަލްސާ ބޭއްވުމަށް އެދި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ސިޓީއަކުން ހުއްދައަށް އެދިފައިވާނެކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރެއިން އެންމެ އިދާރާއެއް ފިޔަވައި އެހެން އެއްވެސް އިދާރާއަކުން ޖަވާބެއް ލިބިފައި ނުވާކަމަށާއި ޖަލްސާ ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު