އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް. ޖިންސީ ފުރައްސާރައިގެ ތުހުމަތުވަނީ އަމާޒުވެފައި.
އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް. ޖިންސީ ފުރައްސާރައިގެ ތުހުމަތުވަނީ އަމާޒުވެފައި.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އޭނާގެ ދިފާޢުގައި ދެއްކި ވާހަކަތައް އޭނާގެ އަތަށް ގޮވައިފިއެވެ.

އިނަ މޯލްޑިވްސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއްގެ ކިބައިން ބަދުއަޚުލާޤީ ޢަމަލަކަށް އެދިފައިވާ ކަމަށް އެ އަންހެންކުއްޖާ ސޯޝަލް މީޑިއާގައި ހާމަކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ފިރާޤަށް ވަނީ އަމާޒުވެފައެވެ. އަދި ފިރާޤަކީ އޭނާ އެދޭ އެފަދަ އެދުންތަކަށް ދެކޮޅުހަދާ މުވައްޒަފުންނަށް ވައްކަމުގެ ތުހުމަތާއި އެހެން ތުހުމަތުކޮށް ވަޒީފާއިން ވަކިކުރާ މީހެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ދާދި ފަހުން ފަތުރުވެރިކަމުގެ ވުޒާރާގެ ވަޒީރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތި ވުމުން ފިރާގު ވަނީ ޢަލީ ވަޙީދު ފެއިލްވެއްޖެ ކަމަށް ވިދާޅުވެފައެވެ.



އެކަމާ ގުޅިގެން ބައެއް މީހުން ބުނެފައިވަނީ، ފިރާޤަކީ އެހެން މީހުން އަންހެން މުވައްޒަފުންނާ ދޭތެރޭ ޢަމަލުކުރާ ގޮތާ ދެކޮޅަށް އަޑު އުފުލަން އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.

މި މައްސަލާގައި މީސްމީޑިއާގައި އޭނާގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ފިރާޤު ވިދާޅުވީ އޭނާ އެކި ވަޒީފާތަކުގައި މުވައްޒަފުން ގެންގުޅޭތާ 23 އަހަރު ވެފައިވާ ކަމަށާއި، މި މުއްދަތުގައި ހާހަކަށްވުރެ ގިނަ މުވައްޒަފުން ގެންގުޅެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ވައްކަން ކުރާކަމުގައިވާނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށާއި، އަދި އެފަދަ ކަމެއްކޮށްގެން ވަޒީފާއިން ވަކި ކުރުމުން އެތަނެއް ބަދުނާމުކޮށް ނުވަތަ އެތަނެއްގެ ވެރިއަކު ބަދުނާމުކޮށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާއަށް ކުރެވޭ މި ތުހުމަތުތަކަކީ އޭނާ މެނޭޖިންގ ޑިރެކްޓަރުކަން ކުރާ ކުންފުންޏެއްގެ މުވައްޒަފުންތަކެއް ކުންފުނީގެ ފައިސާއަށް ހިޔާނަތްތެރިވެ، ވައްކަން ކުރި މައްސަލައަކާއި، އަދި އެނޫންވެސް އެފަދަ މައްސަލަތަކެއް ތަހުގީގު ކުރުމަށް އެ މުވައްޒަފުން ވަގުތީ ގޮތުން ގޭގައި މަޑުކުރަން އެންގުމުން، އެ ކުންފުނިން އިސްތިއުފާ ދެނީ ކަމަށް ބުނަމުން 2019 ވަނަ އަހަރު ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ފިރާގު ވިދާޅުވެފައި ވެއެވެ.



އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އެ ކުންފުނީގެ ޖިންސީ ފުރައްސާރަޔާބެހޭ ކޮމިޓީން ބަލާފައިވާކަމަށާއި، އެހެން ނަމަވެސް އެ ތުހުމަތު ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް އެ މުވައްޒަފު ބުނާކަމަށް ކޮމިޓީ ރިޕޯޓްގައި ވާކަމަށް ފިރާޤް ވިދާޅުވިއެވެ. ފިރާޤް އިތުރަށް ވިދާޅުވީ، އޭނާއާ ދެކޮޅަށް އެފަދަ ތުހުމަތުތަކެއް ކުރެވޭނަމަ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަކީ އޭނާވެސް އެދޭ ގޮތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާގެ އަބުރުކަތިލަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގް އިތުރަށް ވިދާޅުވެފައި ވަނީ، ކަސްޓަމަރުންގެ ފަރާތުން ލިބޭ ފައިސާއަށް ހިޔާނަތްތެރިވާނަމަ، ނުވަތަ އެ ފައިސާއިން ވައްކަން ކުރާނަމަ، އެ މުވައްޒަފަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކީ ކުންފުނީގެ އައްޑޫ އޮފީހަށް ހާއްސަ އުސޫލެއް ނޫން ކަމަށާއި، އަދި މިފަދަ ހަގީގަތެއް ނެތް ވާހަކަ ފަތުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅައި، އަބުރުގެ ދައުވާ ކުރާނެ ވާހަކަ ހަނދާންކޮށްދޭ ކަމަށް ފިރާޤު ވިދާޅުވެފައިވެއެވެ.

ފިރާޤު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނިކޮށް މިކަމުގައި ފިރާޤަށް ތުހުމަތު ކުރާ ކުއްޖާވަނީ ފިރާޤް އޭނާއަށް ކޮށްފައިވާކަމަށް ބުނާ މެސެޖްތަކެއްގެ ސްކްރީން ޝޮޓްތަކެއް ސޯޝަލްމީޑިއާގައި ޢާއްމުކޮށްފައެވެ.

އެ ޒުވާނާ މީސް މީޑިއާގައި ލިޔެފައިވަނީ، އޭނާ ދެ އަހަރު ދުވަހު އޭސް އޭވިއޭޝަންގައި އުޅުމަށްފަހު ކެނޑުނީ، ފިރާގްގެ ސަބަބުން ކަމަށެވެ. އަދި ފިރާގް އޭނާއާ ގުޅޭގޮތުން އޮފީހުގައިވެސް ދޮގު ވާހަކަދެއްކި ކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ ފިރާގުގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އޮފީހުގެ އެހެން އަންހެނެއްގެ ވާހަކަތައް ދެއްކި ކަމަށް ބުނެއެވެ.



އަދި ފަހުން ވައްކަން ކުރުމުގެ ތުހުމަތު ޖިންސީ ފުރައްސާރަ ކުރި އެހެން ޒުވާނެއްގެ ބޮލުގައި އެޅުވި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ސްޓާފުންގެ އިވެލުއޭޝަންގައި، އެޗްއާރް ހެޑް އާއި އޭސް އޭވިއޭޝަންގެ މެނޭޖަރ ކުރިމަތީގައި އޭނާއަށް ފުރައްސާރަ ކުރި ކަމަށް ފޭސްބުކްގައި ޕޯސްޓު ލިޔުނު ޒުވާނާ ބުނެފައި ވެއެވެ. ފިރާޤާ ގުޅޭގޮތުން އެފަދަ ވާހަކަތައް ނުދެއްކުމަށް އެދުނު ކަމަށާއި، އެހެން ނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ލިއެފައި ވެއެވެ.

"އަހަރެން އޭގެ އަނެއް ދުވަހު އެތަނުން ކެނޑުނިން. އަހަރެން ސަސްޕެންޑެއް ނުކުރޭ. އަހަރެން އެތަނުން ކެނޑެން ފޮނުވި ސިޓީގައި ހުރިހާ އެއްޗެއް ބަޔާންކޮށްފައި ވާނެ." ޕޯސްޓު ލިޔުނު ޒުވާނާ ބުނެފައި ވެއެވެ.



މިކަމާގުޅިގެން ފިރާގާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއް މީސްމީޑިއާގައި މިހާރު ވަނީ ކުރަން ފަށާފައެވެ. ފަހަކަށް އައިސް ޖިންސީގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވާއިރު އެފަދަ މައްސަލައެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ކުރީގެ ވަޒީރު ޢަލީ ވަޙީދު ވަނީ ވަޒީރުކަމުން ވަކިކޮށްފައެވެ. އަދި އެފަދަ ތުހުމަތުތަކެއް ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ އާއި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަސަން އިސްމާއީލްގެ މައްޗަށްވެސް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޟި

26-Jul-2020

ބަބުރު މަންޖެ އޮތީ ކޯމާގަ 4 އަހަރުވަންދެން. ޥައްކަން ކޮއްގެން ވަޒީފާއިން ވަކިކުރާހިސަބައް ދިޔައިމަ ހޭއެރީ


3

ާާައަހުމަދު

22-Jul-2020

އަހަރެން ހަމަ އަޖަަިބު ވޭ ފިރާގު ކަހަލަ މީހުން ދިފާއުކޮށް މީހުންނަށް ވާހަކަ ދައްކަން ކެރޭތީ.. އެކަހަލަ މީހުން އަތުގަ މި ދުނިޔެ މަތީ މުއްސަނދި ކަމާއި އާރާއި ބާރު އޮތީމަ ތަ އެކަހަލަ މީހުން ދިފާއުކޮށް ވާހަކަ ދައްކަނީ?


13

އަފީ

21-Jul-2020

ފިރާގް ވަރަށް ރަގަޅަށް ދަންނަން. ތި ދެކެވޭ ވާހަކަ ގަބޫލްކުރަން ވަރަށް ދަތި. ފިރާގް އަކީ ވަރަށް ނައިސް މީހެއް.


15

ޢާބިދާ

21-Jul-2020

އެބުނާއަންހެނާއަކީ ފިރިހެނަކު ހޭބަލިވާވަރުގެ އަންހެނެއް ނޫނެވެ މޮސަޅު ހަށިގަނޑެއްއޮތް މަތިފަލަ ތިރި ހަނި އަންހެނެކެވެ.


17

ޟިމު

20-Jul-2020

ތިޔަކު ނެއް ދޯ މައްސަލައެއް އަތައް ގޮވަފަކަ. ތިއުލެނީ ފައިސަ ގަދެއް ބޭނުން ވެގެން ކަމައް ފެންނަނީ. ފިރާގު ހިޔެއަ ނުވެ 100 ކިލޯގެ ބަބުރެއް ބެނުން ވަަނެ ހެނރއ.


17

ވެބްކެމް

19-Jul-2020

ކޮބައިތޯ ޝިއްޕެ



ފަހުގެ ލިޔުންތައް

ޓްރެންޑިން