މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމުން އެމްޑީޕީއަށް ފާޑު ކިޔާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް އެހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އަވަހަށް އިސްލާހުކޮށް ދިނުމަށް އެމްއާރުއެމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގޮވާލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯލިޝަންގައި ތިބެ އެމްއާރްއެމުން އެމްޑީޕީ އަށް ފާޑު ކިޔާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ކުރެއްވި އެ ޓުވީޓާއި ގުޅިގެން އެކަމަށް ފާޑުކީ މީހަކު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، އެމްޑީޕީ މީހުން ބަލައި ނުގަތުމުން މާގިނަ ދުވަހަކު ކޯލިޝަނެއް ނޯންނާނެ ކަމަށެވެ. އަދި އޭރުން (އެމްޑީޕީ މެންބަރުން ބަލައިނުގަތުމުން) ކޯލިޝަން ދޫކޮށްފައި ދާންޖެހޭ ދުވަސް އޮންނާނީ ވަރަށް ކައިރީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.  މިދިޔަ ބުރާސްފަތި ދުވަހު އެމްއާރްއެމުން ބަޔާން ނެރިފައިވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހު މިއަދާއި ހަމައަށްވެސް އުވާލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންފާޅުކުރުމުގެ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން