މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ނެރެވިގެން ދިއުމަކީ ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ސަތޭކަ ބާވީސް ޤާޢިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަން ޖެހޭނެ ގޮތްވެސް ބަޔާންކޮށް ދިވެހި ބަހަށް ތަރުޖަމާ ކޮށް ނެރުނު ފޮތާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަންޑޭލާ ޑޭ" އާއި ދިމާކޮށް "މަންޑޭލާ ރޫލްސް" ދިވެހިބަހަށް ތަރުޖަމާކޮށް ޝާއިއު ކުރުމަކީ ޖަލުތަކަށް ގެންނަންވާ ހެޔޮ ބަދަލު ގެނައުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ގުޅިގެން އެ އުސޫލުތަކަށް ޖަލު އޮފިސަރުން އަހުލުވެރިކޮށް ތަމްރީން ކުރުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޖަލު ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް މި ފޮތުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުއިން ފަދަ އަސާސީ ކަންކަން ފަހިވެފައި ހުންނަންވާނެ ގޮތްވެސް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވާ މި ފޮތުގައި ގޮޅިތައް ބަލާ ފާސްކުރުމާއި، ޤައިދީންނާ މުޢާމަލާތްކުރުމުގެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން