ބ. ތުޅާދޫ ގައި ހޯމް ކަރަންޓީންގައި ހުއްޓާ މިއަދު ނިޔާވި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބ. ތުޅާދޫން "ރަސް އޮންލައިނަށް" މަޢުލޫމާތު ދިން ރައްޔިތަކު ވިދާޅުވީ، ހާރޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެފައިވަނީ އެރަށު އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ކަރަންޓީނު ވުމަށް ރަށަށް ދިޔައީ މި ޖުލައި މަހުގެ 8 ވަނަ ދުވަހު މާލެއިން ކަމަށެވެ.
މަރުވި މީހާއަކީ ހަކުރު ބައްޔަށް ބޭސް ކުރާ މީހެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ތޯ ބެލުމަށް ނެގި ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީނާ މަރުވީ ހާރޓް އެޓޭކެއް ޖެހިންތޯ ނުވަތަ ކޯވިޑް-19 ގެ ސަބަބުން ކަން އެޗްޕީއޭ އިން އަދި ޢާއްމުކޮށްފައެއް ނުވެއެވެ.
ރާއްޖެއިން 2913 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 2340 މީހަކުވަނީ މި ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު