އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނަކީ ސަރުކާރުން ހުށައެޅުއްވި މުހިއްމު ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ބަހުސް ކުރަށްވަމުން އިލްޔާސް ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވާ މި ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފާސްކޮށް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުހިންމުކަމެއްކަން އިލްޔާސް ވަނީ ފާހަގަ ކުރަށްވާފައެވެ. ހަމައެއާއެކު ގާނޫނެއްގެ ދަށުން މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަކީ މުހިއްމުކަމެއް ކަމަށާއި، އެބިލުގައި ވަރަށް މުހިންމު ކަންކަން ހިމަނާފައިވާ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"މިއީ ވަރަށް މުހިއްމު ބިލެއް. ވަރަށް މުހިންމު ކަންކަން މި ބިލުގެ ދަށުން ހިމަނާފަ އެބަހުރި." އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އަވަހަށް ފާސްކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިންވެސް މީގެ ކުރިން ވަނީ ގޮވާލައިފައެވެ. ނަމަވެސް 4 ޖަލްސާއެއްގައި މެންބަރުން ބަހުސްކުރުމަށް ފަހުވެސް ވޯޓަށް އެހުމާ ހަމައަށް ނުގޮސް އެ ބިލުގެ މަސައްކަތް މަޖިލީހުގައި އޮތީ މަޑުޖެހިފައެވެ.

ސަރުކާރުން މިބިލު ހުށަހަޅާފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމުއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން