ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި ސްރީލަންކާ މީހެކެވެ. މިއާއެކު މުޅި ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 2930 އަރައިފައެވެ.
މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން އަލަށް ރަނގަޅުވެފައިވަނީ 14 މީހުންނެވެ. މިއާއެކު މުޅި ޖުމްލަ އެބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2،354 އަރައިފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 21 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 433 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ.

✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) July 18, 2020
As of 06:00 PM
Confirmed an additional 17 cases of COVID-19 infections in Maldives
- 13 Maldivians
- 3 Bangladeshis
- 1 Sri Lankan
Islands under monitoring: N Kudafari
Total number of cases: 2,930 pic.twitter.com/MNYNNxdUtv
މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން އަލަށް ރަނގަޅުވެފައިވަނީ 14 މީހުންނެވެ. މިއާއެކު މުޅި ޖުމްލަ އެބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2،354 އަރައިފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 21 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 433 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ.
ކިޔުންތެރިންގެ ހިޔާލު