ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލް ތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭވާހަކަ ދައްކަވަމުން ޓެގް ޓީމުގެ ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ބަލާއިރު، ކޮވިޑް-19 ފެތުރޭ ނިސްބަތްވެސް އިތުރުވަމުންދާ ކަމަށް ޑޮކްޓަރ ޝަހީދު ފާހަގަކުރެއްވިއެވެ.
މި އަދަދުތައް ދަށް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ. އަދި ބަލީގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމާއި، ކަރަންޓީންގައި ތިބޭ މީހުންވެސް ކަރަންޓީންގެ އުސޫލުތަކަށް ބޯލެނބުމުގެ މުހިއްމުކަން ޑރ ޝަހީދު ފާހަގަކުރެއްވިއެވެ.
މިމަހުގެ އެއް ވަނަ ދުވަހު، ލޮކްޑައުންއަށް ދިން ލުއިތަކާއެކު އަދި ކުރިއަށް ދެވޭނެ ކަމަށާއި އެކަމަކު މިހާރުގެ ހާލަތަށް ވުރެ ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
އެޗްޕީއޭ އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ޖުލައި މަހުގެ 08 އާއި 14 އާއި ދެމެދު 891 ސުންކު (ސާމްޕަލް) ފްލޫ ކްލިނިކްތަކުން ވަނީ ނަގާފައެވެ. އޭގެ ތެރެއިން 76 ސުންކު (%9) ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މެއި މަހާއި ޖޫން މަހު ފްލޫ ކްލިނިކްތަކުން ނެގި ސުންކުތައް ޕޮޒިޓިވްވި އަދަދު އުޅުނީ 7 އިންސައްތައަށް ވުރެ ދަށުގައި ކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފްލޫ ކުލިނިކްތައް ހެދިފައިވާއިރު ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފްލޫ ކްނިކަށް ދައްކަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފްލޫ ކްލިނިކްތަކަށް ދައްކަންދާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންދާތީ ފްލޫ ކްލިނިކަށް ދައްކާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. ރާއްޖެ އިން މިއަދު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ބަލި ޖެހުނު މިހާރު މިހާރު ވަނީ 2930 އަށް އަރާފައެވެ. މިވަގުތު ބަލި ޖެހިފައި ތިބީ 400 އެއްހާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު