ބ.އަތޮޅު ތުޅާދޫން މިއަދު މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސަބަބަކީ ހާޓްއެޓޭކެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްއޯސީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ތުޅާދޫން ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އޭނާ އަކީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި ނުހިމަނަން ނިންމާފައިވާ ކަމަށެވެ. އެއީ އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރު ވިދާޅުވެފައި ވާތީ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ ނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރު އެވެ. އޭނާ ނިޔާވިއިރު ކަރަންޓީންގައި ހުންނަތާ ދިހަ ދުވަސް ވަނީ ވެފައެވެ.
އޭނާ ނިޔާވީ މޭގައި ރިއްސާތީ އުޅެފައި ހޭނެތިގެން ވެއްޓުމުން ހެލްތު ސެންޓަރަށް ގެންދިޔަ ފަހުން ކަމަށް އެނގިފައިވެއެވެ. އެމީހާ އަކީ ހަކުރު ބަލި ހުންނަ މީހެކެވެ.
ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ވަޅުލާ ގޮތަށް އެ މީހާ ވަޅުލުމުގެ އިންތިޒާމްތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު