މަތިވެރި ޢީދު ކުޅިވަރު (ފޮޓޯ- ސޯޝަލް މީޑިއާ)
މަތިވެރި ޢީދު ކުޅިވަރު (ފޮޓޯ- ސޯޝަލް މީޑިއާ)
އީދު ޗުއްޓީގައި ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދަތުރުނުކުރުމަށް ޑރ. އަހުމަދު ޝަހީދު ގޮވާލައްވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ރަށްރަށަށް ދާން އެދޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އީދު ޗުއްޓީ ލިބުނު ނަމަވެސް ޒަރޫރީ ބޭނުމެއް ނެތި ރަށްރަށައް ދަތުރު ނުކުރުމަށް ޑރ.ޝަހީދު އިލްތިމާސް ކުރެއްވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ އީދު ޗުއްޓީގައި ރަށަށް ދިޔަ ކަމުގައިވިޔަސް 14 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ޖެހޭނެ ކަމަށާއި އެ ކަރަންޓީނު ނިމުމުގެ ކުރިން މާލެއަށް ނާދެވޭނެ ކަމަށެވެ. އަދި ކަރަންޓީނުގައި ހުންނަ މީހަކަށް ދަތުރުނުކުރެވޭނެކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މާލެއިން ރަށްރަށަށް ގޮސް، އީދުގެ ތެރޭގައި ފުރަބަންދު ކަރަންޓީނަކަށް އެދަނީ. އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އީދު ޗުއްޓީ ލިބުނު ކަމުގައިވިޔަސް ޒަރޫރީ ބޭނުމެއް ނެތިއްޔާ މާލެއިން ރަށްރަށަށް ދަތުރު ނުކުރުން. އެއީ ވަރަށް އަހައްމިއްޔަތު ކަމެއް ދީގެން ރަށްރަށުގެ އެޕިޑެމިކް ފެތުރުނަ ނުދީ ހިފެހެއްޓޭތޯ އަޅުގަނޑުމެން އެބަ ވަރަށް މަސައްކަތްކުރަން. އެހެންވީމާ ވަކިވަކި ފަރުދުން ވެސް މިގޮތަށް ވިސްނަވަންވާނީ. ސީދާ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރު ނުކުރުން އެންމެ ރަނގަޅު ގޮތަކީ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މިހާރު ދީފައިވާ ލުއިތަކާއެކު ދަތުރުކުރުމުގައި ވެސް ވަނީ ލުއިތަކެއް ދީފައެވެ. މާލެއިން ރަށްރަށަށް ގޮސް އަމިއްލައަށް އެމީހަކު ހަމަޖައްސާ ވަކި ތަނެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ބަލި ނެތް ރަށްރަށުން މާލެ އައިސް ކަރަންޓީނު ވާކަށް ނުޖެހެއެވެ.

ރަށްރަށުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ނައީމް

19-Jul-2020

ޓިޔަ ކުރާ ޓެސްޓަށް އިތުބާރެއް ނުކުރެވޭ!



ޓްރެންޑިން