ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީން ރާއްޖެއަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ތަކެއްޗާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކަމަށެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

މި ތަކެއްޗާ ޙަވާލުވެ ވަޑައިގަތުމަށްފަހު ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިއީ ދެ މިލިއަން ޑޮލަރުގެ އަގުހުރި ޕްރިކާސާ އެންޑް ޑްރަގް ޓެސްޓިން ކިޓްތަކެއް ކަމަށެވެ. އަދި ޖަޕާނުން ރާއްޖޭގެ މަދަނިއްޔަތުގެ ދިފާޢު ވަރުގަދަކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް މާރިޔާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



ޖަޕާނުން މި ހަފްތާ ތެރޭގައި ވަނީ ފުލުހުންނަށްވެސް ޑްރަގް އަދި ޕްރިކާސާ ފީލްޑް ޓެސްޓް ކިޓްސް ހަދިޔާކޮށްފައެވެ.

ޖަޕާނުން ހަދިޔާކުރި ފީލްޑް ޓެސްޓް ކިޓުތަކަކީ، ފުރަތަމަ މަރުހަލާއިންވެސް މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭ ކިޓުތަކެކެވެ. މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެއެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން