މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 773 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 773 މިލިއަން ރުފިޔާއާއެކު ގްރީން ޓެކުހުން މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 74 އިންސައްތަ ވަނީ ލިބިފައެވެ. މި އަހަރުގެ ގްރީން ފަންޑަށް އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 767 މިލިއަން ރުފިޔާ އެވެ. އަދި ފާއިތުވި އަހަރު ނިމުނުއިރު ގްރީން ފަންޑުން ޚަރަދު ކެނޑުމަށްފަހު ބާކީ 774 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން