މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު
މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު
ޤާނޫނާއި ޚިލާފަށް ރާއްޖޭގައި ހިންގާ މައްސަލަތަކުގެ ތެރެއިން އެއްވެސް ސަރުކާރަކަށް ތަޙްޤީޤެއް ހިންގައި ފިޔަވަޅު އަޅަން ނުކެރުނު މައްސަލަޔަކީ ބިދޭސީންގެ މައްސަލަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ހުއްޓުމެއްނެތި ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ މޫސާ މަނިކު ވިދާޅުވީ ރާއްޖޭގައި އެތައްހާސް ބިދޭސީން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިންވެސް އެތައްހާސް ބަޔަކު އުޅެމުންދަނީ ޤަވާއިދާއި ޚިލާފަށްކަމަށެވެ. އެމީހުންނަށް މިޤައުމުގައި ބޭނުންކަމެއް ކުރެވި، ބޭނުންގޮތަކަށް އުޅެވޭއިރު، ވިސާގެ މައްސަލަ ހައްލުކުރުމަށްކަމަށްބުނެ އަޑުފެތުރުމަކީ އެއްވެސް މާނައެއް ނެތްކަމެއްކަމަށް މޫސަ ވިދާޅުވިއެވެ.

"މިޤައުމުގަ ކީއްކުރާވިސާއެއްތޯ މިހާރުވެސް 70 ހާސްމީހުންއެބަތިބި ވިސާއެއްނެތި. އެމީހުންބޭނުންހުރިހާކަމެއް މިޤައުމުގަ އެބަކުރެވޭ. މަޖްލީހަށްވެސް ސަރުކާރަށްވެސް ތަޙްޤީގުކޮށް، ކަންކުރިމީހުނަށް ފިޔަވަޅެއް އަޅަންނުކެރުނު މައްސަލައެއްގެގޮތުގަ ފާހަގަކުރެވުނު ހަމައެކަނި މައްސަލަ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް މިއަދު އަޑަށް ބާރުލައްވާފައި ނުކުންނަ ކުރީ ސަރުކާރުތަކުގެ އިސްމަޤާމުތައް ފުރުއްވި މީހުންނަކީވެސް މިކަމުގެ ޒިންމާ އުފުލަންޖެހޭ ބައެއްކަމަށެވެ. ފައިސާ ފޮއްޗަކަށް ޤައުމު ވިއްކާލާ އުސޫލުން ބިދޭސީން އެއްވެސް ހަަމައެއް އުސޫލެއްނެތި ރާއްޖެ އެތެރެކޮށްފައިވާއިރު، މިއަދު ވަކި މަޤްސަދެއް ހާސިލްކުރުމަށް މިކަން ކުރީސަފަށް ނެރުމަކީ ލަތުވެތިވާންޖެހޭ ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ.

"ދިގުމުއްދަތަށްވިސާދޭތީ މިހާރު ކަންބޮޑުވުންފާޅުކުރާއެއްމެންނަށް އަޅުގަނޑުގޮވާލަން. ސިޔާސީގޮތުންބަޔަކާ ދިމާކުރަން ކަންކަން ނުނަގާށޭ. އެތަށްއަހަރެއްވަންދެން މިގައުމަށް އެތެރެކުތި ބިދޭސީން ދާއިމީކޮށްމިތާއުޅެވޭގޮތްހެދި ސަރުކާރުގެބަޔަކު މިއޮތީ ފައިސާއަށް މިނިވަންކަން ވިއްކާފަނޫންތޯއޭ؟" މޫސަ ވިދާޅުވިއެވެ.

މޫސަ ތުހުމަތު ކުރެއްވި ގޮތުގައި ރެސިޑެންސް ވިސާ މިހާރު ހުށަހަޅާފައިވާގޮތަށް ފަސޭހައިން ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒު ރާއްޖޭގެ ބާޒާރުގައި ގަދަވެ، ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތު މިކަމުގައި ފަލަސްތީން އޮތް ހިސާބަށް ދިއުމުގެ ބިރުވެސް އެބަ އޮތްކަމަށް މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ައާދަމް

19-Jul-2020

ރީކޯވެސް ވަނީ ޔާމީނާގުޅިގެން ކުޑައިކޮށް އެކަމުގައި ގިލުވިފަ😂



ޓްރެންޑިން