އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް މިއަހަރުގެ މިހާތަނަށް 1.57 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 763.5 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 786.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ 310 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިއަހަރަށް ލަފާކޮށްފައިވާ ދަޢުލަތުގެ ބަޖެޓްގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. އަދި ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ.

ކިޔުންތެރިންގެ ހިޔާލު