ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާކަމުގައި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރެސިޑެންސް ވިސާ ދިނުމާއި ގުޅޭގޮތުން ރައީސް ނަޝީދު އިމިގްރޭޝަން ގަނޫނަށް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައި ރޮޒޭނާ ވިދާޅުވީ ޤައުމަށް ފައިދާހުރި، ބޮޑު އިންވެސްޓްމަންޓެއް ގެނައުމުން ނޫނީ ރެސިޑެންޓް ވިސާ ދިނުމަކީ ޤަބޫލުކުރައްވާ ކަމެއްނޫންކަމަށެވެ. ބޭރުމީހުން ރާއްޖެއިން ގެއެއް ކުއްޔަށް ހިފާއިރަށް ރެސިޑެންޓް ވިސާ ދެވޭގޮތަށް ނިޒާމު ބަދަލުކުރުމަކީ ބިދޭސީންގެ މައްސަލައަށް އޮތް ހައްލެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"100،000 ރުފިޔާގެ އިންވެސްޓްމަންޓް އަކާއި އެކު ރެސިޑެންސް ވިސާ ދިނުމާއި، އަޅުގަނޑު ދެކޮޅު. ސަބްސްޓެންޝަލް ރަނގަޅު ބޮޑު، އިންވެސްޓްމަންޓެއް ގެނައުމުން ނޫނީ ރެސިޑެންޓް ވިސާ ދެވިގެންނުވާނެ. ގެއެއް ކުއްޔަށް ހިފާލާ އިރަށް ރެސިޑެންޓް އަކަށް ވާކަށް ނުޖެހޭ، ޤަބޫލުކުރެވޭ ކަމެއްނޫން." ރޮޒޭނާގެ ޓްވީޓްގައި ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީގް ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލް ތަފާތުވެފައިވާއިރު، މައްސަލާގައި ބައެއް މެމްބަރުން ރައީސް ނަޝީދުގެ އިސްލާހަށް ތާއީދު ކުރައްވާކަން ވެސް ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވީ ބައެއް ބޭފުޅުންނަށް ރެސިޑެންޓް ވިސާގެ މައްސަލަ ގޯސްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެވާހަކަ ދެއްކެވުމުން ކަމަށެވެ.
ނިހާދު ވިދާޅުވީ، ރެސިޑެންޓް ވިސާއަކީ ސިޓިޒަންޝިޕް ދިނުން ނޫންކަމަށާއި، ވިސާލިބޭ އުސޫލަށް ޤާނޫން އިސްލާޙު ކުރާއިރު ބަދަލު ގެނައުމަކީ އެތައް ބަޔަކަށް ލުއި ލިބިގެން ދާނެ ކަމެއް ކަމަށެވެ. އަދި މިއީ އާ ވާހަކައެއް ނޫން ކަމަށާއި، ރައީސް ނަޝީދު އެކަމަށް އިސްލާހެއް ހުށައަޅުއްވާފައި ނުވާ ކަމަށެވެ. އަދި ރައީސް ފާހަގަކުރެއްވީ ބަހުސްގައި ދެކެވުނު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއްފަރާތްތަކުން އެކަން މާބޮޑުކޮށްލައިގެން ދައްކާތީ އެވާހަކަ "ބުނެލީ" ކަމަށް ނިހާދު ވިދާޅުވިއެވެ.
މިމައްސަލައިގެ ބަހުސް ހޫނުވުމުން މިމައްސަލައަށް ޚާއްސަކޮށް ރައީސް ނަޝީދު ވަނީ މަޒުމޫނެއްވެސް ލިޔުއްވައި އާންމުކުރައްވާފައެވެ. އެމަޒުމޫނުގައިވަނީ ބޭރު މީހުންނަށް ރާއްޖޭގައި އުޅެވޭނެ ފުރުސަތު ނުލިބިއްޖެ ނަމަ ރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ހޯދަން ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ކޮންމެވެސް ހުއްދައަކާއި އޭނާ އުޅޭނެ ތަނެއް ދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު